މާލިއްޔަތު ކޮމީޓިގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލިސް
ހަބަރު
17 Aug 2025 | 16:30
ޤައުމީ ޕޭމަންޓް ސިސްޓަމަށް ގެނައި އިސްލާހްތައް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ޤައުމީ ޕޭމަންޓް ސިސްޓަމް ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވާފައިވަނީ، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ބިލަށް ފިނޭންސް މިނިސްޓްރީ އާއި، މަރުކަޒީ ބޭންކްގެ އިތުރުން ހުރިހާ ބޭންކްތަކަށާއި ވެސްޓަން ޔޫނިއަންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ސީއެމްޑީއޭ ފަދަ ތަންތަނަށް ވަނީ ހިޔާލުދިނުމަށް އެދި ފޮނުވާފައެވެ. އެކަމަށް އެދި ފޮނުވުމުން ހިޔާލު ފޮނުވާފައިވަނީ، ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކާ ސީއެމްޑީއޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި އިސްލާމިކް ބޭންކުންނެވެ. އަދި ޕަބްލިކަށް ހުޅުވާލުމުން ހިޔާލު ހުށަހަޅާފައިވަނީ ދިރާގްފިންޓެޗުންނެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ޤާނޫނަށް ހުށެހެޅި އިސްލާހްގައި ބުނެފައިވަނީ، ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި މަރުކަޒީ ބޭންކަށް ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުންފުންޏެއް/ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް ހެއްދިދާނެ ކަމަށެވެ. މީގެ އިތުރުން ގެނެވުނު އސްލާހްގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އެފަދަ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދީގެން ނުވާނޭކަމަށެވެ.

އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭގޮތަށް މަރުކަޒީ ބޭންކަށް ވަނީ ބާރުދީފައެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ޤާނޫނަށް ހުށަހެޅި މި އިސްލާހްތަކާ ދެކޮޅަށް ވާހަކަދެއްކެވީ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހދ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) އެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ ރާއްޖޭގެ މާލީ ނިޒާމް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ޤާނޫނީގޮތުން ބަލަދުވެރިކަން ލިބިގެންވާ އޮތޯރިޓީކަމަށެވެ. އެހެންކަމުން އެމްއެމްއޭއިން ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއަށް ކުންފުނިތައް ހަދައިގެން ވަދެ ކަންކަންކުރީމާ އުސޫލްތަކާ ފުށުއަރާކަން ގަޕޯ ވަނީ ފާހަގަކުރައްވާފައެވެ.

ގަޕޯގެ ވާހަކައަށް ރައްދުދެއްވަމުން ކޮމިޓީގައި ބައިވެރެވަޑައިގެންނެވި މެމްބަރުން ވަނީ ސެންޓްރަލް ބޭންކަކީ ކްލިއަރެންސް ހައުސްކަމުން އެ ބޭންކުގެ ބައިވެރިވުމެއްނެތި މިފަދަ ޕޭވްމަންޓް ނިޒާމެއް ނުހިންގޭނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިފަދަ ކަމެއްގައި ކްލިއަރަންސް ބޭންކެއްގެ ގޮތުގައި އިތުބާރުހުރި ބޭންކެއް ބައިވެރިވާން ޖެހޭނޭކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ބިލް ދިރާސާކުރި މާލިއްޔަތު ކޮމިޓީން ބިލް ފާސްކޮށްފައިވަނީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 7 މެމްބަރެއްގެ ތާއީދާއެކުއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ހިންގުމަށް ނިންމާފައިވާކަން މަރުކަޒީ ބޭންކުން އިއުލާނުކޮށްފައިވަނީ ހުސްވި ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެމްއެމްއޭއިން ޤައުމީ ޕޭމަންޓް ސިސްޓަމް ހިންގުމަށް ނިންމާފައިވަނީ "ޕޭމަންޓް މޯލްޑިވްސް" ނަމުގައި ކުންފުންޏެއް ހަދައިގެންނެވެ. މީގެ އެއް ބޭނުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނާނޭ ޕޭމަންޓް ނުވަތަ ފައިސާގެ މުއާމަލާތުގެ ނިޒާމެއް ގާއިމްކުރުންކަމަށް އެ ބޭންކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.