ރައްޔިތުންގެ މަޖިލިސް
14 Feb 2023
"ޓީޗަރުންގެ މުސާރައިގެ އުސޫލުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރެވޭނެ ކަމެއް ނެތް"
ޑިގްރީ ހަދާ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގައި ގެންގުޅޭ ދޯހަޅި އުސޫލާއި ގުޅިގެން ގިނަ ޝަކުވާ ތަކެއް ލިބެމުންދާ ކަމަށާ، އެހެން ނަމަވެސް އެ މައްސަލަ ހައްލު ކުރެވެންނެތް ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފިއެވެ.
14 Feb 2023
"އިންޑިއާއިން ހަނިމާދޫއަށް އަންނަން ފެށުމުން ފަތުރުވެރިކަން ކުރި އަރާނެ"
އިންޑިއާގެ މަތިންދާ ބޯޓުތައް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަން ފެށުމުން އެ ސަރަހައްދުގެ ފަތުރުވެރިކަން ބާރަށް ކުރި އަރައިގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ.
14 Feb 2023
ބްރޯޑްކޮމްގެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއިމެދު އާންމުންގެ ޙިޔާލު ހޯދަނީ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ އެމަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޙިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
14 Feb 2023
ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ ބަލައެއްނުގަތް
ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލައި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
14 Feb 2023
ދައްކަން ނުޖެހޭ ފީއެއް ދެއްކުނު ނަމަ, ކަމާއި ބެހޭ ފަރާތަކަށް ހުށަހަޅާ"
މިނިސްޓްރީއަށް ދައްކަން ނުޖެހޭ ފީއެއް ދެއްކުނުކަމަށް، ނުވަތަ ދައްކަންޖެހޭ ވަރަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހުނު ނަމަ ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ޓޫރިޒމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.
14 Feb 2023
މަޖިލީހުގެ އިރުޝާދާއި އެއްގޮތަށް ދައުލަތުން ދަރަނި ދެއްކުމަށް ގޮވާލާ ގަރާރެއް!
ދިވެހި ދައުލަތުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހުށައަޅާފައިވާ ކަންތައްތަކާއި އެއްގޮތަށް ދަރަނި އަދާކުރުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށައަޅައިފި އެވެ.
13 Feb 2023
ހަށިވިއްކާ މައްސަލައިގައި މިނިސްޓަރު ހުންނެވީ ހަނު
ރާއްޖޭގައި ހަށިވިއްކުން އާންމުވެފައިވާ މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައި ހަނު ހުންނަވައިފި އެވެ.
13 Feb 2023
މަރުގެ ހުކުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ނުދިން
ކީރިތި ޤުރުއާނުގެ ބަގަރާ ސޫރަތުގައި މަރުގެ ހުކުމާއި ގުޅިގެން ބާއްވާލާފައިވާ އާޔަތާއި އެއްގޮތަށް ދިވެހިރާއްޖެއިން ޢަމަލު ނުކުރަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޖަވާބު ނުދެއްވުމުން މޮސްޓާ ނުރުހުން ފާޅުކުރައްވައިފިއެވެ.