ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު--
ހަބަރު
28 Feb 2023 | 16:55
އާޒިމާ ރާޝިދަށް: އަޅުގަނޑުމެން ހަމަ އަދިވެސް ކިޔަން ޖެހެނީ އިއްޒަތްތެރި މެންބަރުތޯ؟

ރަށްފުށުގެ އަންހެނުން ކުޑައިމީސްވާ ގޮތަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝަކޫރު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަދުގެ ސަރުކާރަށް ސަނާ ކިޔަމުންގޮސް، ރާޝިދު ވަނީ، ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހި ނަމަވެސް، މީގެ ކުރިން ރަށްފުށުގެ ކަނބަލުންގައިން މާ މީރުވަހެއް ނުދުވާ ކަމަށް ވިދާޅުވެ ރަށްފުށުގެ ކަނބަލުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަ ދައްކަވާފައެވެ. 

"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ" 

މެންބަރު މުޙައްމަދު ރާޝިދު

ރާޝިދުގެ އެ ވާހަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި އާޒިމާ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "އަޅުގަނޑުމެން ހަމަ އަދިވެސް ކިޔަން ޖެހެނީ އިއްޒަތްތެރި މެންބަރުތޯ" ސުވާލު ކުރައްވައިފައެވެ. 

އަދި މަގާމަށް ކުފޫ ހަމަނުވާ މީހުން ތަންތަނަށް އިންތިޚާބު ނުވާނެ ގޮތް ހަދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރާޝިދުގެ ވާހަކަ ތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އޭނާ ވަނީ މަޖިލީހުގައި ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާފަ އެވެ. 

އެގޮތުން ރާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ކުރިން ރަށްފުށުގެ އަންހެން ކަނބަލުންގެ ގައިން މީރުވަސް ނުދުވާކަމަށް ބުނީ، މީގެ ކުރިން އެމީހުން ތިބީ ނަޖިސް ފެނުން ފެންވަރައިގެން ކަމަށް ވާތީ ކަމަށެވެ. އަދި އެކަން ނިނުމަކަށް ގެނައީ މި ސަރުކާރުންކަން ބުނެދިނުމަށް ކަމަށެވެ. 

ކޮމެންޓް
ވ
ނޫނޭ ކޮމްމެހެންއއްޒެތްތެރިނުކިޔަސް އޯކޭވިތާކޮންދުވަހެން އިއްޒަތްތެރި ކިޔަންވީ އެމީހުނަން ވޯޓު ނުދޭމިހުނަން އަހަރެންގެހަނާގަ.އިސްރާފުކުރަން މަޖިލީސް ބާވާނެކަމެންނު ެެސްނެތްއުވާލަންވި.އޭރުންރުފިޔާއިތުރުވާނެތަ
28 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.