ރައްޔިތުންގެ މަޖިލިސް
22 Feb 2023
"ދަރަނި ހުރީ 113 ބިލިއަންގައި، އާމްދަނީ 29 ބިލިއަންގައި"
ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ދައުލަތަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29 ބިލިއަން ރުފިޔާ ކަމަށާ، އެވަރުން ދެކޮޅު ޖައްސާނީ ކިހިނެއްތޯ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ސުވާލު ކުރައްވައިފި އެވެ.
22 Feb 2023
ޔައުގޫބް ގެ ނަން އިއްވައި މަޖިލިސް ކުރާ މާލަމުން ނެރެފި
ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުاللهގެ ނަން އިއްވައި ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުން ނެރެފިއެވެ.
21 Feb 2023
ޕްލޭން ބަދަލުވެ، ބިން ހިއްކައިގެން ޕްލޯޓިންގް ސިޓީ ހަދަނީ
ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި އެއްވެސް ވަރަކަށް ބިން ހިއްކާގޮތަށް ނެތް ނަމަވެސް ފަހުގެ ޕްލޭންގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
21 Feb 2023
"އަމީނީމަގުގެ މަސައްކަތް ކުރިއަށްދަނީ އީއައީއޭ އާ އެއްގޮތަށް"
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އާއި އެއްގޮތަށް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
21 Feb 2023
"އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން މިހާރު އެބަ ނަގާ"
ފާއިތުވި ހަފްތާގައި އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން ނަގަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށްދާ ގޮތަށް ރައްޔިތުންގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Feb 2023
"ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވުމުގެ ފުރުސަތު ދިނީ ހަމައެކަނި މި ސަރުކާރުން"
އެކި އެކި ސަރުކާރުތަކުގައި އެމްޑީީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން އަނިޔާތައް ދީފައިވީނަމަވެސް، ކަނޑައެޅިގެން ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަމަށް މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
20 Feb 2023
މާރިޔާ އަށް ފިޔަވަޅު އެޅުމަށް ގޮވާލި މައްސަލަ ބޭރުކޮށްލައިފި
ދިފާޢީވަޒީރު މާރިޔާ އަޙްމަދު ދީދީ، އިންޑިޔާއިން ޑީޕޯޓް ކޮށްލެވުނު ޢަބްދުއްޞަމަދު، ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފުތަކަށް މަލާމާތްކޮށް، ޖޯކުޖެހި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
19 Feb 2023
މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދޭ ނިޒާމް ބަދަލު ކުރުމަށް ޤަރާރެއް ހުށައަޅަނީ
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެގޮތަށް ނިޒާމު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައި ޤަރާރެއް ހުށަހެޅުމަށް ނިންމާފިއެވެ.