ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް: ފޮޓޯ/ މަޖިލިސް
ހަބަރު
21 Feb 2023 | 12:24
އަމީނީމަގުގެ މަސައްކަތް ކުރިއަށްދަނީ އީއައީއޭ އާ އެއްގޮތަށް: އަސްލަމް

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އާއި އެއްގޮތަށް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އަމީނީ މަގު ހެދެމުންދަނީ ކޮންސަލްޓެންޓްގެ ލަފައާއި އެއްގޮތަށް ތޯ އާއި އެ މަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އޮތް ޕްލޭން އަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. 

"އަމީނީ މަގުގެ ކޮންސަލްޓަންޓް ގެ އީއައި ރިޕޯޓް އާއި ހަވާލާދޭއިރު، އެ މަގު މިހާރު ހަދާގޮތަށް ހަދާ ނިމޭއިރު ފެން ބޮޑުވުމުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނާދޭ. ވީމާ އެމަގު ފެން ބޮޑުވުން ހައްލު ކުރުމަށް އޮތް ޕްލޭން އަކީ ކޮބައިތޯ އާއި އަމީނީ މަގު ހަދަމުންދަނީ ކޮންސަލްޓަންޓް ގެ ލަފައާއި އެއްގޮތަށް ތޯ"

ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިނިސްޓަރު އަސްލަމާއި ސުވާލު ކުރައްވަނީ: ފޮޓޯ/ މަޖިލިސް 

ހަސަން ލަތީފްގެ ސުވާލަށް ޖަވާބުދެމުން އަސްލަމް ވިދާޅުވީ، އަމީނީ މަގުގައި މިހާރުވެސް ފެން ބޮޑުވާ ކަމަށް އާއިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށާއި ހައްލު ހޯދުން މުހިއްމު ކަމެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި، އެ މަގުގެ އީއައިއޭގައި ބުނަނީ އެ ރިފޯޓް ހެދިއިރު މަގުގެ ޑްރެއިނޭޖް އާއި ބެހޭ ހުރިހާ ތަފްސީލެއް ލިބެން ނެތުމުން އޭގެ ނަތީޖާ ލިބެން ޗެލެންޖިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެއާއެކު އަސްލަމް ވަނީ އެ މަގުގެ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، އަލަށް ހެދެމުންދާ މަގުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ. 

އެގޮތުން ވިދާޅުވީ، އަމީނީ މަގުގައި މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމަކީ ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭފެން، ޕަމްޕް ސްޓޭޝަން ތަކަށް ގޮސް އެ ޕަމްޕް ސްޓޭޝަން ތަކުން ޕަމްޕް އައުޓް ކުރާގޮތަށް ހަދާފައިވާ ނިޒާމެއް ކަމަށެވެ. އަދި މިހާރު ފެން ހިންދުމަށް ބޭނުންކުރާ ނިޒާމްގެ ގްރެވިޓީ ފްލޯގައި ފެން ފްލޯކުރުމަށް އަޅާފައިހުރި ހޮޅިތަކުގެ ޑައިމީޓަރަކީ 150 މިލިމީޓަރާއި 300 މިލިމީޓަރުގެ ޑައިމީޓަރު ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޕަމްޕް ސްޓޭޝަން ތަކުން ބޭރުކުރުމަށް 160 މިލިމީޓަރާއި 280 މިލިމީޓަރާއި ދެމެދުގެ ޑައިމީޓަރުގެ ހޮޅި އަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއާއެކު އަސްލަމް ވިދާޅުވީ, އައު ސްޓޯމް ވޯޓަރ ނިޒާމްގައި ގްރެވިޓީ ފްލޯގެ ހޮޅިތައް 315 ޑައިމީޓަރަށް ބޮޑުކޮށްފައިވާއިރު، ފަމްޕް ކުރާ ހޮޅިތައް 314 ޑައިމީޓަރަށް ބޮޑުކޮށްފައިކަން ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ހުރި ޕަމްޕް ތަކުގެ ކެޕޭސިޓީ އަކީ 9 ކިލޯވޯޓް ކަމަށްވީނަމަވެސް މަޝްރޫއު ނިމިގެންދާއިރު އެއަދަދު 21 އަށް ބޮޑުކުރެވިގެން ދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން މި ޕަންޕު ސްޓޭޝަން ތަކުން ބޭރުވާނެ. އެހެންވީމަ، އީއައިއޭ ހެދިއިރު މިތަފްސީލްތައް ނެތީމަ، އީއައިއޭ ހެދި ކޮންސަލްޓެންޓް ފާހަގަކޮށްފައިވަނީ މިކަމަށް ރަނގަޅަށް އެޑްރެސްކުރަން އެބޭފުޅުން ލަފާދެއްވާފައިވަނީ. އެ ލަފައާއި އެއްގޮތަށް މިހާރު މަސައްކަތް ދާ ކަމަށް އަޅުގަނޑު މިހާރު ގަބޫލުކުރަން." އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.