މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދު ޠާރިޤް/ އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ
ހަބަރު
22 Feb 2023 | 16:44
ޢަރަބިއްޔާގެ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

ޢަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް އެޑީޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅައިފައިވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދް ޠާރިޤް ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް، މިނިސްޓަރު އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ވަޒީރަކާއި ސުވާލުކުރުގެ ނޯޓިސްގައިވާ ގޮތުން ޓޮމް މިނިސްޓަރާއި ކުރަން ބޭނުންވާ ސުވާލުގައި ބުނެފައި ވަނީ ޢަރަބިއްޔާ ސްކޫލަށް މާލޭގައި އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަކާއި ހަވާލުކޮށްފައިވާ ކަމަށް 2022 އިއުލާނުކޮށްފައިވާ ކަމަށެވެ.

ޢަރަބިއްޔާއަށް އަޅާ ސްކޫލްގެ ކްންޓްރެކްޓް އަގަކީ ކިހާވަރެއްތޯ އާއި މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯ ޠާރިޤްގެ ސުވާލުގައި ވެއެވެ. އަދި މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އާއި ސްކޫލްގެ ބޭނުންކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ ވެސް ސުވާލުގައި ވެއެވެ.

މި ހަފްތާގެ އާދީއްތަ ދުވަހު ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ބާޖަމާލުއްދީން ކައިރީގައި އިހްތިޖާޖް ކޮށްފައިވެއެވެ. ބެލެނިވެރިން އިހްތިޖާޖު ކޮށްފައިވަނީ 18 މަސް ދުވަހުން ނިންމަން ބުނި ޢަރަބިއްޔާގެ ޢިމާރާތް އެޅުމަށް އަދި ބިންގާވެސް އެޅިފައި ނުވާތީ އެކަމާއި ގުޅިގެނެވެ.

18 މަސް ދުވަސް ތެރޭގައި ޢަރަބިއްޔާގެ ޢިމާރާތް ނިންމަން ބުނި ނަމަވެސް އަދިވެސް 2 މަސްދުވަސް ތެރޭގައި ތަޅައި ސާފުކޮށް ހުސްކުރަން ބުނި ބަޖަމާލުއްދީނުގެ ބިން ސާފުކޮށްވެސް ނުނިމެއެވެ. އެމަސައްކަތް ފެށިތާ މިހާރުވަނީ 7 މަސް ދުވަސް ވެފައެވެ.

ޢަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނަކީ ކުދިންތަކެއް ކިޔެވުމަށް ދިއުމަށް އެކަށީގެން ނުވާ ތަނެއް ކަމަށް  ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ. އޭރު ސްކޫލްގެ ތަނބުތަކުގައި ރެނދުލައި ފައި ހުރި ފޮޓޯތަކާއި ވީޑިއޯ ތައްވެސް މީޑިއާގައި ދައުރުވެފައިވެއެވެ.

އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ ޢަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.

އެގޮތުން ސަރުކާރުން ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ. އެ އިމާރާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ދަރިވަރުން އަސާސީ އެތައް ހައްގުތަކުން މަހުރޫމުކޮށްގެން ތިބެން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޢަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.