ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް: ފޮޓޯ/ މަޖިލިސް
ހަބަރު
22 Feb 2023 | 11:51
ދަރަނި ހުރީ 113 ބިލިއަންގައި، އާމްދަނީ 29 ބިލިއަންގައި؛ ކިހިނެއް ދެކޮޅު ޖައްސާނީ؟: އިލްޔާސް

ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ދައުލަތަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29 ބިލިއަން ރުފިޔާ ކަމަށާ، އެވަރުން ދެކޮޅު ޖައްސާނީ ކިހިނެއްތޯ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ސުވާލު ކުރައްވައިފި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އީވާގެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން އިލްޔާސް ވަނީ، އެ ގަރާރަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި މަޖިލީހުގެ ހުރިހާ މެންބަރުންގެ ވޯޓާއިއެކު ފާސްވެފައިވާ ގަރާރެއް ކަމަށާ، އަލުން އެ ގަރާރު ހުށަހަޅުއްވާފައި ވަނީ އެ ގަރާރު ތަންފީޒު ނުކުރާތީ ކަމަށެވެ. 

އެއާއެކު އިލްޔާސް ވިދާޅުވީ، ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ދިޔުމަކީ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. 

"ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް، އިންތިހާއަށް މައްޗަށް، ދާ ދިޔުން މިއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް. ކޮންމެ ވިޔަފާރި ވެރިއެއްވެސް، ކޮންމެ ގެއަކުންވެސް، އެ ގެއެއްގެ ދަރަނި މަހުން މަހަށް މައްޗަށްދާ ކަމަަށް ވަންޏާ، އެ ވިޔަފާރި އަކާއި ގުޅިގެން ކަންބޮޑުވާ މީހެއް، އެގޭ ކަންތަކާއި ގުޅިގެން ކަންބޮޑުވާ މީހެއްގެ ބޮލުގައި ރިއްސާނެ. ނުވެސް ނިދޭނެ." 

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

މިއާއެކު އިލްޔާސް ވިދާޅުވީ، މި ހިނގަމުންދާ 2023 ވަނަ އަހަރު ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29 ބިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް، ދައުލަތުގެ ދަރަނީގެ ގޮތުގައި މިހާރުވެސް 113 ބިލިއަން ރުފިޔާ އޮތް ކަމަށާ، އާމްދަނީއަށްވުރެ ދަރަނި ބޮޑު އިރު، ދެކޮޅު ޖައްސާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. 

"މި ދައުލަތަށް އާމްދަނީއެއްގެ ގޮތުގައި 2023 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ އޮނަ ތިރީސް ބިލިއަން ރުފިޔާ. އަޅުގަނޑު މެންގެ ދަރަނި ކިހާވަރެއްތޯ މި ބަލަނީ 2023 ވަނަ އަހަރު. ބަލާއިރު އިންނަނީ 113 ބިލިއަން ރުފިޔާ. 113 ބިލިއަން ރުފިޔާ އަޅުގަނޑުމެންގެ ދައުލަތުގެ ދަރަނި އަރައިފި. 113 ބިލިއަން ރުފިޔާ އަޅުގަނޑުމެންގެ ދައުލަތުގެ ދަރަންޏަށް އަރާފައި އާމްދަނީ 29 ބިލިއަން ވީމާ ކިހިނެއްތޯ އަޅުގަނޑުމެން ދެކޮޅު ޖައްސާނީ. ކިހިނެއްތޯ ދައުލަތް ހިންގަނީ ވިސްނަންޖެހޭ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

އިލްޔާސް ވިދާޅުވީ، އެކަން ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ކަމަށާ, ހައްލު ނުކޮށް ހަޅޭފަޅޭ ޖެހިޔަސް ނުވާނެ ކަމަށެވެ. 

އަދި ދަރަންޏަށް ނަގާފައިވާ 113 ބިލިއަން ރުފިޔާގެ ތެރެއިން 60 ބިލިއަނަކީ ރާއްޖޭގެ މާކެޓް ތަކުން ދައުލަތް ހިންގުމަށް ނަގާފައިވާ ފައިސާ ކަމަށެވެ. އެފަދައިން ރާއްޖޭގެ ބޭންކުތަކުން ދައުލަތް ހިންގުމަށް ފައިސާ ނެގުމުން، އަމިއްލަ ވިޔަފާރިވެރިން ވިޔަފާރި ހިންގުމަށް ބޭންކުތަކަށް ފައިސާ ނުދެވޭ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. 

މި 60 ބިލިއަން ރުފިޔާގެ ތެރެއިން 40 ބިލިއަން ރުފިޔާ ޕްރައިވެޓް ސެކްޓާ ކުރިއަރުވަން ދީފައި އޮތް ނަމަ، ޕްރައިވެޓް ސެކްޓާ ކުރިއަރައިގެން ދިޔައީސް. ސިންގަޕޫރު މުއްސަނދި ގައުމަކަށް ވެފައި އޮންނަނީ ސިންގަޕޫރުގެ ސަރުކާރުން ބޭންކުތަކުގައި ހުންނަ ލާރި، ޓީ ބިލް އާއި އަނެކެއްޗަކާއި، އަނެކެއްޗެއްގެ ނަގާފައި އެ ބޭނުން ކުރާތީއެއް ނޫނޭ. އެ ގައުމުގައި ހުރި ވިޔަފާރިވެރިން ވިޔަފާރިތައް ކުރިއަރުވާ، އެމީހުންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައިގެން. ހެސްކިޔާފައި ފައިސާ ޗާޕް ކޮށްފައި، އެ ލާރި ބަހައިގެންނެއް ނޫނޭ.  

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

އިލްޔާސް ވިދާޅުވީ ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ދިޔުމުގެ ސަބަބުން ރާއްޖެއަށް ލޯނު ދޭނެ ގައުމެއް ވެސް ނުވާ ކަމަށާ، އޭގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ފައިސާ ޗާޕް ކުރަންޖެހި، އިންފްލޭޝަން މައްޗަށް ގޮސް ޓެކްސް ވެސް ބޮޑު ކުރަން ޖެހިގެންދިޔަ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.