މެމްބަރު ހަސަން ލަތީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Feb 2023 | 16:53
މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދޭ ނިޒާމް ބަދަލު ކުރުމަށް ޤަރާރެއް ހުށައަޅަނީ

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެގޮތަށް ނިޒާމު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައި ޤަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. 

މި ގަރާރުގައި ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖްތަމައަށް ފައިދާހުރި ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ފަރުވާ ލަސްނުވެ ލިބޭނެ ގައުމީ ރިހެބިލިޓޭޝަން ޕްރޮޤްރާމްތައް ހިންގޭނެ ކަމަށް އެޑީޕީގެ މެނިފެސްޓޯގައި ވައުދުވެ ވެފައިވާ ކަމަށް ފާހަކޮށްފައިވެއެވެ.

ނަމަވެސް ސަރުކާރުން މި ވައުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އޮނިގަނޑު ރާވާފައިވާ ގޮތުން އެކަން ހާސިލް ކުރެވެން ނެތް ކަމަށް މި ޤަރާރުގައިވެއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާ ނުލިބި އެމީހުން މުޖުތަމައުގައި ބާކީވެ އަދި އެމީހުންގެ އާއިލާތައް ނިކަމެތި ވެގެންދާ ދިޔުމަށް އަވަސް ހައްލެއް ހޯދުމަށް އިންތިހާއަށް ބޭނުންވެފައިކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.

މިއާއިއެކު އެފަދަ މީހުންނަށް ފަރުވާދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވުރާ އެއްގޮތުށް ފަރުވާ ދެވޭނެ ޤާބިލު ކަން ސަރުކާރުގެ އިންސާނީ ވަސީލަތުގެ ތެރެއަކު ނެތް ކަމަށް ޤަރާރުގައިވެއެވެ. އަދި ދިގު މުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް މި ވަގުތު ރާއްޖޭގައި ހުރި ދެ މަރުކަޒުގައިވެސް، ފަރުވާ ދޭނެ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގެ ޖާގައިގެ 50 އިންސައްތަވެސް ފާއިތުވި އަހަރު ބޭނުންކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އިތުބާރު ހިފޭނެ ގޮތަކަށް ފަރުވާ ދެެނެ ނިޒާމެއް، ދިގުނުދައްމައި ސަރުކާރުން އަވަހަށް ޤާއިމު ކުރަންޖެހޭ ކަމަށް ބުނެ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތައް، ވަކިން ޙާއްސަކޮށް ރާއްޖޭން ބޭރު ތަޖުރިބާކާރު ފަރާތްތަކަށް ފަރުވާ ދިނުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް ޤަރާރުގައިވެއެވެ.

މިއާއިއެކު މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުން ބޭނުން ކުރަންޖެހޭ ބޭސް، ވަކި ޙާއްސަ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ލިބޭން ހުންނަން ޖެހޭ ކަމަށް ވެސް ޤަރާރުގައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފަފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގ ގެ ޙިދުމަތް ދެވޭނެ ޤައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ކައުންސެލިންގ ޙިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި މިކަމަކީ އާސަންދައިގެ ދަށުން ކަވަރު ކުރާ ފައިސާއަކަށް ވާން ޖެހޭނެ ކަމަށްް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.