ފްލޯޓިން ސިޓީ ހަދައި ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް--
21 Feb 2023 | 17:47
ބިން ނުހިއްކާ ހަދަން އޮތް ފްލޯޓިން ސިޓީ، ބިން ހިއްކައިގެން ހަދާގޮތަށް ނިންމައިފި

ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި އެއްވެސް ވަރަކަށް ބިން ހިއްކާގޮތަށް ނެތް ނަމަވެސް ފަހުގެ ޕްލޭންގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ވަނީ ފްލޯޓިން ސިޓީ ހަދަން ދިން ފަޅުތަކުގައި ކިތައް ރަށް ހިއްކާފައި ވޭތޯ އާއި އަދި އެ ސިޓީއިން ދައުލަތަށް ކިހާ އާމްދަނީއެއް ލިބިފައިވޭތޯ ސުވާލުކުރައްވާފައެވެ. 

މުޣުނީގެ ސުވާލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ފްލޯޓިން ސިޓީއާއި ގުޅިގެން މެންބަރުންގެ ހިތުގައި ވަރަށް ގިނަ ސުވާލު ހުރިކަން ފާހަގަކުރައްވައި އެކަމުގެ ތަފްސީލް މިނިސްޓަރަށް އެނގިލައްވާ މިންވަރަކުން ހާމަކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އިއްޒަތްތެރި ވަޒީރު، މި ފްލޯޓިން ސިޓީއާއި ގުޅޭ ވަރަށް ފުރިހަމަ ތަފްސީލް ދެއްވަން ވަރަށް ބޮޑަށް އެދެން. ބައެއް މެންބަރުން އެކަމުގެ ޝައުގުވެރިކަން އުފެދިގެން ބައްލަވަން ވަރަށް އެދިވަޑައިގަންނަވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މެންބަރު މުޣުނީގެ ސުވާލާއި، ރައީސް ނަޝީދުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ޒަމާން ވެއްޖެ ކަމަށެވެ. އަދި އެއީ ބިން ހިއްކައިގެން ކުރަން އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ފަހުން ފެނުނު ޕްލޭންތަކެއްގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކާގޮތަށް އޮތް ކަމަށެވެ.

ބިން ހިއްކައިގެން ކުރަން އޮތް ކަމެއްގެ ގޮތަކަށެއްނޫން އޮތީކީއެއް. އެހެން ނަމަވެސް ފަހުން އައިއްސަ، އަޅުގަނޑަށް ހަމަ ގައިމުވެސް ފެނުނު ޕްލޭން ތަކެއްގައި ހުރި، ރަށުގެ ރީފް ގެ ޕެރިފަރީގައި ރަށް ތަކެއް ހިއްކާފައި، ޝެލްޓާޑް ލެގޫން އެއްގެ ތެރޭގައި ފްލޯޓިން ސިޓީއެއް ހެދުމުގެ ކޮންސެޕްޓް. ދެން އަޅުގަނޑު އެންމެ ފުރަތަަމަ އެކަން ދެކުނުއިރު އޮތީކީއެއް މުޅިން ހިއްކާ ގޮތަކަށް އަޅުގަނޑަކަށް ހަނދާނެއް ނުވޭ. އެއްވެސް ވަރަކަށް ހިއްކާ ގޮތަކަށް އަޅުގަނޑަކަށް ހަނދާނަކަށް ނުވެއް އާދޭ. 

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް 

އަސްލަމް އިތުރަށް ވިދާޅުވީ ފްލޯޓިން ސިޓީގެ މޮކަޕެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާއި ހަވާލުކުރިކަން މައުލޫމާތު ލިބިލެއްވި ކަމަށާ، އެހެން ނަމަވެސް އެއީ ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށްވާތީ އޭގެ ހުރިހާ ތަފްސީލެއް އެންމެ ސައްހަ ގޮތުގައި އޭނާ އަށް ނޭނގި ދާނެ ކަމަށެވެ. 

"އަޅުގަނޑަށް އެނގި ހުރި މިންވަރުން މި ދަންނަވަނީ. އަދި އަޅުގަނޑު ދޭ މައުލޫމާތުގައި ކުށެއް އުޅުމަކީވެސް އެކަށީގެންވާ ކަމެއް." އަސްލަމް ވިދާޅުވި އެވެ. 

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްދާ މަޝްރޫއު ލޯންޗް ކުރީ މާޗް 14، 2021 ގައެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް ޖޫން 23، 2022 ވަނަ ދުވަހު އިތުރު އެއްބަސްވުމެއްގައި ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ދެމެދު އަލުން ސޮއިކޮށްފައިވެ އެވެ.

"ފްލޯޓިން ސިޓ" ގައި 5000 ހައުސިން ޔުނިޓާއި، 35 ލަގްޒަރީ ވިލާ، އަދި 9000-1500 އަކަފޫޓުގައި ދެބުރިއަށް ހަދާ ތިންކޮޓަރީގެ އެޕާޓްމެންޓުތަކެއް ހުންނާނެއެވެ. އެޕާޓްމެންޓެއްގެ އަގުތައް އުޅެނީ 2 މިލިއަނާއި 4 މިލިއަން ރުފިޔާގެ އަދަދެކެވެ. ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.