ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
21 Feb 2023 | 11:24
އަމީނީ މަގުގައި އެޅި ތާރު, ކަނޑައިގެން މިހާރު އެބަ ނަގާ: ރައީސް ނަޝީދު

ފާއިތުވި ހަފްތާގައި އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން ނަގަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށްދާ ގޮތަށް ރައްޔިތުންގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިންގެ މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އަމީނީމަގު ހަދަމުންދާ ގޮތާއި ގުޅިގެން ސުވާލު ކުރައްވާފަ އެވެ. އެގޮތުން، އެ މަސައްކަތް ކުރަމުންދަނީ ކޮންސަލްޓަންޓް ގެ ލަފައާއި އެއްގޮތަށްތޯ އާއި، މަގުގައި ފެން ހިންދުމަށް ހަރުކުރާ ނިޒާމާއި ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ. 

ހަސަން ލަތީފް ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ އަމީނީމަގު ހަދަމުންދަނީ ލަފައާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތި ނުވާނެކަން ޔަގީން ކުރުމަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ހަރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ފެން ހިންދުމަށް 5 ޕަންޕު ސްޓޭޝަން ހަރުކުރެއވިފައިވާ ކަމަށާ، އެވަރުން ފުދޭނެކަމަށް އިންޖީނިއަރުން ލަފާދެއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމްގެ ވާހަކަފުޅަށް ފަހު، އަމީނީ މަގާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެ މަގު ހަދަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، ފާއިތުވި ހަފްތާގައި އެ މަގުގައި ވަރަށް ރީތިކޮށް ތާރު އަޅާފައި ފޮޓޯތައް މީސްމީޑިއާގައި ދައުރުވެފައިވާ ކަމަށާ، އެހެން ނަމަވެސް މިހާރު އެ ތާރުތައް އަނެއްކާ އަލުން ނަގާތަން ފެންނަ ކަމަށް ވިދާޅުވިއެވެ. 

"އަމީނީ މަގާއި ގުޅިގެން ސުވާލުތައް ކުރެވެމުންދާއިރުގައި، ތާރު އެޅުމަށްފަހު އަނެއްކާ މެއިން ހޯލްތައް، ކާނުތައް މަތިން ތާރު އަޅާފައިވާތީ އެބަ ކޮނެ، ކަނޑައިގެން އެބަ ނަގާ. މީގެ ދެތިން ދުވަހެއް ކުރީގައި އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ފޮޓޯތައް ސޯޝަލް މީޑިއާއާއި އެކި ގޮތް ގޮތުން ފެނުނު. ވަރަށް ރީތިކޮށް ތާރު އަޅާފައި ވަނިކޮށް. މިހާރު އެބަ ކަނޑައިގެން ނަގާ، އެ އެޅި ތާރު.". ރައީސް ނަޝީދު ވިދާޅުވި އެވެ. 

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި ދިޔަ ސެޕްޓެމްބަރު މަހުގައެވެ. އާރުޑީސީއާއި އެ މަސައްކަތް ހަވާލުކުރީ 7 މަސްތެރޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. 

އެހެން ނަމަވެސް މަގު ނުހެދި ގިނަ ލިގުލައިގެން ދިއުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާއި އާރުޑީސީއަށްވެސް އަމާޒުވަމުން ދިއުމާއި ގުޅިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެފަހުން އެމްޓީސީސީއާއި ހަވާލުކުރިއެވެ. 

ޕްލޭނިން މިނިސްޓްރީއިން ބުނީ އެމްޓީސީސީއާއި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ ތާރު އަޅާ މެޝިން ބަހައްޓާނެ ޖާގަ އާރުޑީސީއަށް ނުލިބުމުން މަސައްކަތް އަނެއްކާވެސް އިތުރަށް ލަސްވެގެން ހިނގައިދާނެތީ، އެ މަސައްކަތް އަވަސްކުރުމަށް ކަމަށެވެ. 

އެމްޓީސީސީއިން އަމީނީ މަގުގައި ތާރު އަޅާފައިވަނީ އަމީނީ މަގުގެ ސްޓެލްކޯ ހުންނަ އިމާރާތް ނިމޭ ހިސާބަށެވެ. އެއީ މިހާތަނަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ހިސާބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް