ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު: ފޮޓޯ/ މަޖިލިސް
ހަބަރު
22 Feb 2023 | 13:11
ހުއްދަނެތި ކޮމްޕިއުޓަރަށް އެކްސެސްވުމާއި، ސައިބަރކްރައިމް ކުށަކަށް ހަދަނީ

ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ސައިބަރކްރައިމާއި ގުޅުންހުރި ޢަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާހު ހުށައަޅުއްވައިފިއެވެ.

މި އިޞްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު އެވެ. މި ބިލުގައި ސައިބަރކްރައިމްއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.

ކުށް ކަމުގައި ކަނޑައެޅުމަށް ބިލުގައި ހުށައަޅާފައިވާ ކަންކަން

- ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން

- ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަރފިއަރކުރުން

- ހުއްދަނެތި ކޮމްޕިއުޓަރ ސިއްޓަމަކަށް އިންޓަރފިއަރކުރުން

- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން

- ސައިބަރވަޔަލަންސްގެ ޢަމަލުތައް

- ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ ޢަމަލުތައް

- ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ ޢަމަލުތައް

- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް

މި ބިލުގައި ވާގޮތުން ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންކްޝަނެއް ހިންގުމަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކުންވިޔަސް މެދުވެރިވުމަކީ ކުށެކެވެ. އަދި އެ އަމަލު ހިންގި މީހަކީ އެހެން ކުށެއް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ ނުވަތަ ކުށް ކުރީ އޭނާ ނުވަތަ އެހެން މީހަކު އެހެން ކުށެއް ކުރުމަށް މަގުފަހިކުރުމަށް ކަމަށްވާނަމަ އެފަދަ މީހަކު އެ ކުރަނީ ކުށެއްކަމަށްވެސް އިޞްލާހުގައިވެއެވެ.

މީގެ އިތުރުން ޓެކްނިކަލްގޮތެއް މެދުވެރިކޮށް ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކަށްކަމުގައިވިޔަސް ޓްރާންސްމިޝަންތައް އިންޓަރސެޕްޓުކުރުން ނުވަތަ އިންޓަރސެޕްޓުކުރުމަށް މެދުވެރިވުމަކީވެސް ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ޢާންމުކޮށް ހުޅުވާނުލައި ކޮމްޕިއުޓަރ ސިސްޓަމަކުން ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ޓްރާންސްމިޓްކުރާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ޓްރާންސްމިޓްވާ ކޮމްޕިއުޓަރ ޑޭޓާއެއް ޓްރާންސްމިޝަންތައް ނުވަތަ ޢާންމުކޮށް ހުޅުވާނުލައި ކޮމްޕިއުޓަރ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމެއް އިލެކްޓްރޯ-މެގްނެޓިކް އެމިޝަންތަކަކީ ކުށެއްކަމަށްވެސް މި އިޞްލާހުގައިވެއެވެ. އަދި އެ ޢަމަލު ހިންގާފައިވަނީ އެ ޓްރާންސްމިޝަން އިންޓަރސެޕްޓުކުރުމުގެ ހުއްދަ އޭނާއަށް ލިބިފައިނެތް ޙާލަތުގައި އެކަން އެނގިހުރެ އެ ޓްރަންސްމިޝަން އިންޓަރސެޕްޓުކުރުމުގެ ނިޔަތުގައިކަމަށްވާނަމަ އެއީވެސް ކުށެއްކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ޤާނޫނުލްއުޤޫބާތަށް ހުށައެޅުއްވި އިޞްލާހުގައި ސައިބަރވަޔަލަންސްގެ ޢަމަލުތަކަކީވެސް ކުށެއްކަމަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ސައިބަރވަޔަލަންސްގެ ޢަމަލުތައް

- ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑުބެހެއްޓުން

- ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާޢިޢުކުރުން

- ކޮމްޕިއުޓަރސިސްޓަމް މެދުވެރިކޮށް ޝާޢިއުކުރުމުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން

މި ބިލުގައި ބަޔާންކުރާ ކުށަކަށް އަރައިގެންފިނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށް ލެވޭގޮތަށްވެސް ކަނޑައަޅާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ