ރައްޔިތުންގެ މަޖިލިސް
08 Feb 2023
"ޖަވާބު ދެއްވާއިރު ތެދު ޖަވާބު ދެއްވީމަ ނިމުނީ"
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރާއި ކުރައްވާ ސުވާލު ތަކަށް ތެދުބަހުން ޖަވާބު ދެއްވުމުން ފުދޭނެ ކަމަށާ، އޭގެ ތެރެއަށް ވަޒީރުގެ ގާބިލުކަން ވަނުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Feb 2023
ކުރިން ބުނި ތާރީހަށް އަމީނީމަގުގެ މަސައްކަތް ނުނިންމޭނެ!
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިން ތާވަލު ކުރި ދުވަހަށް ނުނިމޭނެ ކަމަށާއި ނިމޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
08 Feb 2023
މާލެއިން ގޯތި ދޫކުރާނެ މީހުންގެ ވަކި ލިސްޓެއް ނޯންނާނެ!
މާލެ ސަރަހައްދުން ގޯތި ދޫކުރާނެ ވަކި މީހުންތަކެއްގެ ލިސްޓެއް އެކުލަވާލާފައި ނޯންނާނެކަމަށާއި، ގޯތި ދޫކުރާނީ އޭގެ ހައްގުވެރިންނަށްކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
07 Feb 2023
"ބިން ވިއްކުމުގެ މައްސަލަ ބޭރުކޮށްލި މެންބަރުން އެކަމުގެ ގެއްލުމަށް ޒިންމާވާން ޖެހޭނެ"
ކ. ތިލަފުށިން، ބޭރު ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި މެންބަރުން އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
07 Feb 2023
"ހިއްކާފައި ދިން ބިމުގައި ގާބުރިއެއް ބާއްވަން ނޭގިގެން އެ އުޅެނީ"
ނަފްސާނީ މައްސަލަތައް ދިމާވަނީ ތަންދޮރު ނުދަންނަ ވެރިން ގައުމުތަކާއި ހަވާލުވުމުން ކަމަށާ އެކަމުގެ ފެންނަން ހުރި މިސާލަކީ ނުވަތަ އައިޑިއަލް ސިމްބަލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
07 Feb 2023
"މަޖިލީހުގެ މެންބަރުން މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގެންދަން ފެނޭ"
މަޖިލީހުގައި ތިބި ބައެއް މެންބަރުން ސަރުކާރުން ގާއިމްކުރަމުންދާ މެންޓަލް ހެލްތު ޑިޕާޓްމެންޓަށް ގެންދަން ފެންނަ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
07 Feb 2023
"އާސަންދައިން ކުރި ހަރަދު ބޮޑެވީ ޕްރައިމަރީ އާއި ގުޅިގެންތޯ ބަލަންޖެހޭ"
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ހަތަރު ގުނަ އަށް އިތުރު ވެފައިވާ ކަމަށާ، އެފަދައިން ބޮޑުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެންތޯ މަޖިލީހުން ބަލަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
07 Feb 2023
ބިދޭސީންނަށް ބިން ވިއްކުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު
ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.