މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Feb 2023 | 14:02
މަޖިލިސް މެމްބަރުންގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅަމުން ދަނީ ސަރުކާރުން އަންގައިގެން: ވަހީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ޒިންމާއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން ހުރަސްއަޅަމުން ދަނީ ސަރުކާރުން އަންގައިގެން ކަމަށާއި، އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ވަހީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުމާއި ގުޅިގެން ރައްޔިތުންގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވޯޓު ދިނުމުން، ޕާޓީގެ ވިޕްލައިނާއި ޚިފާލުވެފައިވާކަމަށް ކަނޑައަޅާ އޭނައަށް ފިޔަވަޅު އަޅާފައިވާކަމަ ށެވެ. 

"ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށުގައި އޮއްވާ އަނެއްކާ ސަރުކާރުގެ މި ބިޔަ ބޮޑު މަތިބަރުކަން ދަމަހައްޓަން ވެގެން، ސަރުކާރުގެ ރިކަރެންޓު ޚަރަދު ބޮޑުކުރަންވެގެން އަނެއްކާ އެންމެ ނިކަމެތިންގެ އަތުން ޓެކްސް ނަގާތީ އަޅުގަނޑުމެން ކަންބޮޑުވޭ. ކަންވެގެން މި ދިޔައީ އެ ދުވަހު އަޅުގަނޑުމެން ފާޅުކުރިހާ ކަންބޮޑުވުންތައް އަޅާނުލެއްވި ތަނުގައި އަޅުގަނޑަށްވެސް އިއްޔެ ނޫން ކުރީ ދުވަހު އެބޮތް ފައްޗަކަށް އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރު ސޮއިކުރައްވާފައި ސިޓީތަކެއް ފޮނުއްވާފަ. އަޅުގަނޑު އެ ދުވަހު އެ ބޭފުޅުން ނެރުނު ވިޕާއި އެއްގޮތަށް ވޯޓު ނުދިނީއޭ ކިޔާފަ އަޅުގަނޑަށް ފިޔަވަޅު އަޅާ ވާހަކަ"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވައްޑެ ވިދާޅުވީ ޓެކްސް ބޮޑުކުރަން ވޯޓު ނުދިން މައްސަލައިގައި ޕީޖީ ލީޑަރު ފިޔަވަޅުއަޅުއްވާފައިވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއްވެސް ނުދެއްވާ ކަމަށެވެ. އަދި އެއީ މެމްބަރުންނަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން އެމްޑީޕީގެ އަސާސީ ގަވައިދުގައި އަމަލުކުރަން ކަނޑައަޅާފައި އޮންނަ އުސޫލާއިވެސް ޚިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. 

އެއާއިއެކު ވައްޑެ ވިދާޅުވީ މިހާރު އެމްޑީޕީގެ ޕީޖީ ލީޑަޝިޕުން ކުރައްވަމުން އެގެންދަވާ މަސައްކަތްޕުޅަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ޒިންމާއަށް ހުރަސްއެޅުން ކަމަށެވެ. އަދި ވިދާޅުވީ އެކަން އެބޭފުޅުން ކުރައްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ގެ އެންގެވުމަށް ކަމަށެވެ. 

"އަޅުގަނޑުމެން ރައްޔިތުން މަޖިލިސް ކޮންމެ މެމްބަރަކަށް ވެސް މުތުލަޤަށް ދީފަ އޮންނަ ހައްގެއް އެއީ ޖުމްލަ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކޮށްދިނުމުގެ ހައްގު. އެ ހައްގަށް މިހާރު އެ އަރާވަޑައި ގަންނަވަނީ ސަރުކާރުން އަންގަވައިގެން. ހަމަ ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. މިއީ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެވެސް ގާނޫނީ ޒިންމާ ހިފެހެއްޓުމަށްޓަކައި އޮބެހެއްޓުމަށްޓަކައި މިބޭފުޅުން ކުރައްވާ މަސައްކަތް"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

އެވާހަކައާއި ގުޅުވާ ވައްޑެ ވިދާޅުވީ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާއިރު، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ހުރަސްއަޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. 

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަނީ ފަހަރެއްގައިވެސް ހަސަދަވެރިކަމެއްގެ ތެރެއިން ނުވަތަ ސަރުކާރަށް ޖެއްސުން ކުރަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން ފާޑުކިޔަނީ ކަންކަން އިސްލާހުކުރުމަށްކަން ފާހަގަކުރެއްވި އެވެ. 

އެއާއެކު ވަހީދު ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރުމުގެ މާހައުލެއް މިހާރު ނެތްކަމަށެވެ. މަޖިލީސް މެމްބަރުންގެ ހައްގަށް ސަރުކާރުން އަންގައިގެން ހުރަސްއަޅަމުންދާއިރު މިއަދު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ މީޑިއާތައް ވެސް އޮތީ ސަރުކާރުން ހިޞާރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.