މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު- ފޮޓޯ/ މަޖިލިސް
ހަބަރު
07 Feb 2023 | 14:33
ހިއްކާފައި ދިން ބިމުގައި ގާބުރިއެއް ބާއްވަން ނޭގިގެން އެ އުޅެނީ, ނަފްސާނީ ނުވާނެތޯ؟ ސައީދު

ނަފްސާނީ މައްސަލަތައް ދިމާވަނީ ތަންދޮރު ނުދަންނަ ވެރިން ގައުމުތަކާއި ހަވާލުވުމުން ކަމަށާ އެކަމުގެ ފެންނަން ހުރި މިސާލަކީ ނުވަތަ އައިޑިއަލް ސިމްބަލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފަރުވާގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ސައީދުވަނީ ރާއްޖެއަށް ނަފްސާނީ މައްސަލަތައް ކުރިމަތިވަމުންދަނީ ރައީސް ޞާލިހް ފަދަ ވެެރިއެއް ވެރިކަމުގައި ހުންނެވުމުން ކަމަށް ވިދާޅުވެފައެވެ. 

"ނަފްސާނީ މައްސަލަތަކާއި ދިމާވަނީ ތަންދޮރު ނުދަންނަވެރިން ގައުމުތަކާއި ހަވާލު ވީމާ. އިއްޒަތްތެރި ރައީސް. ނަފްސާނީ މައްސަލަތައް ދިމާވަނީ ގައުމުތަކުގެ ބޮޑެތި ބާރު ތަކުންގެ ޕަޕެޓުންގެ ގޮތުގައި ގަބޫލުކޮށްގެން އަންނަ ވެރިން ގައުމުތަކާއި ހަވާލު ވީމާ. އޭގެ އެއް މިސާލަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. އެމަނިކުފާނަކީ ގައުމަކަށް ނަފްސާނީ މައްސަލަތައް ދިމާވަނޑ އެންމެ އައިޑިއަލް ސިމްބަލް އެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. ހަމަ ރަމްޒެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ." ސައީދު ވިދާޅުވި އެވެ. 

ސައީދު އެފަދައިން ވިދާޅުވި ސަބަބު އިތުރަށް ތަފްސީލް ކޮށްދެއްވަމުން އޭނާ ވަނީ މި ސަރުކާރުން ބޮޑު އަގުގައި ތިލަމާލެ ބްރިޖު ހެދުމަށް އިންޑިއާގެ އެފްކޮންސް އާއި ހަވާލުކޮށްފައި ވާއިރު، އެ މަސައްކަތް ކުރިއަށް ދާތަން ނުފެންނަ ކަމަށާ، އަދި މަސައްކަތުގެ ފެންވަރުވެސް ދަށްކަމަށެވެ. 

"ކޮޅަށް ޖެހި ތަނބެއް ވިއްޔާ ވެއްޓެނީ. ދެން އެންމެ ރަނގަޅު. ކޮންމެސް ހިސާބަކުން ކޮންމެވެސް ސަރުކާރަކުން އެ ބްރިޖް އެޅީމަ އެނިދާނެތާ. ތިލަފުއްޓާ މިގުޅެނީ ހަމަ ގައިމުވެސް ރައީސް ޔާމީންގެ ސަރުކާރުގެ ވިޝަން އަކީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ނުވަތަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ތިލަފުއްޓާ ގުޅުވުން. އެއީ ޕްލޭންއަކީ. ކޮބައިތޯ އޭގެ ބޭނުމަކީ؟ އަޅުގަނޑުމެންގެ ސަރުކާރުން ހެދި ހުރިހާ ދިރާސާއެއްގައިވެސް ދައްކާ އެއް ވާހަކައަކީ ކޮމާޝަލް ބޯޓަކާއި އެއަރޕޯޓަކާ ގުޅުނީމައޭ އެގައުމެއްގެ އިގްތިސާދީ މިއަންނަ ލިންކޭޖް އެންމެ ރަނގަޅަށް ޓްރާންސްޕޯޓްގަ އަންނަ ލިންކޭޖް އޭވިއޭޝަން އާއި ސީ ޓްރާންސްޕޯޓާ ގުޅިގެންދާނީ." ސައީދު ވިދާޅުވި އެވެ.

މިއާއެކު ދިވެހި ވިޔަފާރިތަކަށް އޮތް ބިމެއް ތިލަފުށީގައި ނުހިއްކާ އޮތް ފަޅުގައި ކަޑަ ޖަހާލާފައި ލާރިކޮޅެއް ހޯދުމަށް މިސަރުކާރުން ވިއްކަނީ ތިން ކުންފުންޏަކަށް ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

"ލާރިކޮޅެއް ހޯދަނީ ވަކިވަކި ވަޒީރުންނަށްތޯ ނުވަތަ ރައީސް ސާލިހްގެ ކެމްޕޭނަކަށްތޯ މިއެއް އަދި އަޅުގަނޑަކަށް ނޭނގެ. މިހިސާބަށް ކަންތައްތައް ދިޔައިމަ ނަފްސާނީ ވާނެ. ނަފްސާނީ ވާނެ އެއްނޫންތޯ ބޯހިޔާވަހިކަން އަޅުގަނޑުމެން 250 ހެކްޓަރުގެ ބިމެއް ރައީސް ޔާމީންގެ ސަރުކާރުން ހިއްކާފަ ދިނީމަ އެތަނުގައި ގާބުރިއެއް ބައިންދާލަން ނޭނގިގެން އެއުޅެނީ. ނަފްސާނީ ނުވާނެތޯ މިވަރުވީމަ." ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިޔާ އާއި އެކުވެފައި ގޮތް ނޭނގޭ އެގްރީމެންޓް ތައް ހާމަ ނުކުރެއްވުމަކީވެސް ރައްޔިތުން ނަފްސާނީ ވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން، އުތުރުތިލަފަޅާއި ހައިޑްރޮގްރަފީ އެއްބަސްވުންތަކާއެކު މި ސަރުކާރާއި އިންޑިއާ އާ ދެމެދު ވެފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަކުރެވިފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި ހަމައެހެންމެ ފަނޑިޔާރުގެ އެކޭ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގެންގުޅުއްވާ މަލާފަތެކޭ އެއްގޮތް ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު އިންތިހާއަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން ނަފްސާނީ ނުވާނެތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

ރައްޔިތުންނަށް ދިމާވެފައިމިވާ ހާލަތުން ރައްޔިތުން އަރައިގަތުމަށް އިންސާފުވެރި ވެރިކަމެއް ކުރަން ބޭނުންވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.