މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Feb 2023 | 12:38
މަޖިލީހުގެ މެންބަރުން މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގެންދަން ފެނޭ: އިބްރާހީމް ރަޝީދު

މަޖިލީހުގައި ތިބި ބައެއް މެންބަރުން ސަރުކާރުން ގާއިމްކުރަމުންދާ މެންޓަލް ހެލްތު ޑިޕާޓްމެންޓަށް ގެންދަން ފެންނަ ކަމަށް  މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފަރުވާގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ބޮންޑެ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނަ ފަހުން ރާއްޖެވަނީ ސިޔާސީ ގޮތުން ނަފްސާނީ ވެފައި ކަމަށެވެ. 

"އެ ބަލިމަޑުކަމުން، އެނަފްސާނީ ބަލިމަޑުކަމުން މަސްހުނި މޮޑެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިތާތެރޭގައި. މި މަޖިލިސް ތެރޭގައި ވެސް އޮތީ އަދި މުޅި ރާއްޖޭގައި ވެސް އޮތީ ހަމަ އެ ވަބާ. އެ ނަފްސާނީ މައްސަލަތައް އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ." ބޮންޑެ ވިދާޅުވިއެވެ. 

މިއާއެކު ބޮންޑެ ވިދާޅުވީ، ފެބްރުއަރީ 7 ވަނަ ދުވަހުގެ "ބަޣާވާތުގެ" ސަބަބުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައިވެސް ނަފްސާނީ ބަލިމަޑުކަމެއް އުފެދިފައިވާ ކަމަށެވެ. އެ ބަޣާވާތުގެ އަސަރެއްގެ މިސާލެއްގެ ގޮތުގައި ބޮންޑެ ފާހަގަކުރައްވާފައިވަނީ އޭނާއާމެދު ފިޔަވަޅުއަޅަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނިންމި ނިންމުމެވެ. 

"އަޅުގަނޑު މި މަޖިލީހުގައި ވޯޓެއް ދިނީ، ނުވަތަ ވިޕްލައިނާ ދެކޮޅަށް އަޅުގަނޑު ހުށަހެޅީ ދައުލަތުގެ ހަރަދުތަކާ ގުޅޭގޮތުން، ފާއިތުވީ އަހަރު ހުށަހަޅާފައިވާ ބަޖެޓް، އެ ބަޖެޓްގައި ތަފްސީލެއް ނެތް އަދަދުތަކެއް ފާހަގަ ކުރެވޭތީ އަޅުގަނޑު ހުށަހެޅި މައްސަލައެއް. އެމައްސަލައާއި ދެކޮޅަށް ޕާލިމެންޓަރީ ގްރޫޕުން ނެރެފައި އޮތް ވިޕްލައިނެއް އެއީ. އެވިޕްލައިނާ ދެކޮޅަށް އަޅުގަނޑު ވޯޓް ދިންކަމަށް ވަނީ. ކިހިނެތްތޯ އަޅުގަނޑު ހުށަހެޅި މައްސަލަ އަކާ ދެކޮޅަށް އަޅުގަނޑު ވޯޓްދޭނީ؟ އަޅުގަނޑު މައްސަލައެއް ހުށަހެޅީ ފޯދަ ރިކޮމެންޑޭޝަން. އަޅުގަނޑުވީ އަނެއްކާ ވިޕްލައިން ނެރުނީމަ އެވިޕްލައިނާ ދެކޮޅަށް ވޯޓްދޭން. އެ ދެމައްސަލަ އާއި އެދެވޯޓާއި އަދި އެކްސްޕޯޓް ކުރަން އެހުށަހެޅި މައްސަލައާ ގުޅިގެން މިހާރު މިއޮތީ ފިޔަވަޅުތަކެއް އަޅާފަ. އެހެންވީމަ މި ފުރަތަމަ ބަލިމަޑުކަން ފިލުވާލަން ޖެހެނީ އަޅުގަނޑުމެންގެ ތެރެއިން." ބޮންޑެ ވިދާޅުވިއެވެ. 

މީގެ އިތުރުން ބޮންޑެ ވިދާޅުވީ މަޖިލީހުގެ ގިނަ މެންބަރުންނަކީ ނަޝީދުގެ ކޮނޑުފުޅު މަތީގައި މަޖިލީހަށް ވަދެވަޑައިގެންނެވި މެންބަރުން ކަމަށާ، އެހެންނަމަވެސް މިހާރު އެ މެންބަރުން އެކަން ހަނދާނެއް ނެތްކަމަށެވެ.

މިއާއެކު އޭނާ ވިދާޅުވީ ބަޔަކު އަމިއްލަ އަށް ފައިސާ އާއި ނުފޫޒް ބޭނުންކޮށްގެން ތިމާމެން ހޮވިގެން އެހެން މީހުންގެ މައްޗަށް އަމުރު ކޮށް ރައްޔިތުން ނިކަމެތި ކުރަމުން ދާތަން ފެންނަމުންދާ ކަމަށެވެ. ވުމާއެކު ސަރުކާރުން ގާއިމްކުރަމުންދާ މެންޓަލް ހެލްތު ޑިޕާޓްމެންޓަށް އެފަދަ މެމްބަރުން ގެންދަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަޔަކު އަނެއް ބަޔަކަށް، ތިމާމެން މާ ބާރުގަދަ ބައެއް ކަމަށް ވެގެން އަދިވެސް މިއުޅެނީ އޭގެތެރެއިން ނުނެއްޓިގެން. މި ނަފްސާނީ މި މައްސަލައާއި ގުޅިގެން، އަޅުގަނޑު އެދެން ހަމަ ހުރިހާ މެންބަރުން މި މެންޓަލް ހެލްތާއިބެހޭ ގޮތުން ޓެސްޓުކޮށް ކޮންކަހަލަ މައްސަލައެއްްތޯ މިއުޅެނީ ބަަލަން.

އިބްރާހީމް ރަޝީދު (ބޮންޑެ) 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.