ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
07 Feb 2023 | 11:40
ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ބޮޑެވީ ޕްރައިމަރީ އާއި ގުޅިގެންތޯ ބަލަންޖެހޭ: ރައީސް ނަޝީދު

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ހަތަރު ގުނަ އަށް އިތުރު ވެފައިވާ ކަމަށާ، އެފަދައިން ބޮޑުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެންތޯ މަޖިލީހުން ބަލަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު މަޖިލީހަށް ހުށަހެޅުނު ގަރާރަށް  މެންބަރުން ބަހުސްކުރައްވަމުން ދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސްއިން ނެރެމުންދާ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން” މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަރަދުތަކާއި މި އަހަރުގެ ހަރަދުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އާސަންދައަށް ހަރަދުކޮށްފައިވަނީ 67.9 މިލިއަން ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ވުމާއެކު، އެ ނަތީޖާ ތަކަށް ބަލާއިރު މި ދިޔަ އަހަރާ، މި އަހަރާއި އަޅާ ބަލާއިރު 4 ގުނައިން ބަލި މީހުން އިތުރުވެފައިވާ ކަމަށް ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިދިޔަ އަހަރު ޖަނަވަރީ މަހު (އާސަންދައަށް) 67.9 މިލިއަން ޚަރަދު ކުރެވުނީ. މިއަހަރު ޖަނަވަރީ މަހު 283.4 މިލިއަން ރުފިޔާ އާސަންދަ އަށް ޚަރަދު ކުރެއްވި. އެހެންވީމާ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި މި އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ހަތަރު ގުނައިން ބަލިމީހުން އިތުރުވެގެން ހިނގައްޖެ. ދެން އެއީ އެތެރޭގެ އިންތިޚާބަކާއި ގުޅިގެން އައި ބަދަލެއް ތޯ ނުވަތަ ހަގީގަތުގައި ވެސް ބަލިމީހުން ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ. މިއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލެއް" 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، އެކަންކަމާއި ގުޅޭ ގޮތުން މެންބަރުން ވިސްނާވަޑައިގަންނަވާނެކަން އެމަނިކުފާނު ޔަގީން ކުރައްވާކަމަށާއި އަދި ސަރުކާރުން ޝާއިއުކުރާ މައުލޫމާތުތައްވެސް ބައްލަވަމުން ގެންދަވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. 

މިއާއެކު ރައީސް ނަޝީދު ވަނީ އެހާ ބޮޑު ތަނުން އިތުރުވެފައިވުމަކީ އެންމެ މަސް ދުވަހުގެ ތެރޭގައި އިތުރުވެފައިވާ އިތުރުވުމެއްކަމަށްކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.