ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Feb 2023 | 13:00
ޖަލަށް ވަޑައިގަތުމުގެ ކުރިން އާއިލާއާއި ސަލާންކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުދިނީ އިމްރާނުގެ އޯޑަރަށް: ޝިޔާމު

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި 11 އަހަރުގެ ޖަލުހުކުން ތަންފީޒުކުރެއްވުމަށް ޖަލަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ އާއިލާއާއި ބައްދަލުކޮށްލާ ސަލާމްކުރުމުގެ ފުރުސަތު ނުދެއްވީ ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާނު ގެ އޯޑަރަށްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ދިގު މުއްދަތަކަށް ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނަމަ، ޖަލަށް ދިއުމުގެ ކުރިން އާއިލާއާއި ބައްދަލުކޮށް ސަލާންކޮށްލުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންދާކަމަށެވެ. އެއީ ދުނިޔޭގެ އެންމެ ތަހުޒީބު ގައުމުތަކުގައިވެސް އަމަލުކުރަމުންދާ ގޮތް ކަމަށެވެ. 

ރައީސް ޔާމީނަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާ، ރާއްޖޭގައި ތަރައްގީގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އެމަނިކުފާނުގެ މައްޗަށް ނުހައްގުން ހުކުން އިއްވި ނަމަވެސް، ޖަލަށް ވަޑައިގަތުމުގެ ކުރިން އާއިލާއާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބެން ޖެހޭނެކަމަށް ޝީޔާމު ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ، ރައީސް ޔާމީނަށް އާއިލާއާއި ބައްދަލުކޮށްލުމުގެ ފުރުސަތަށް ހުރަސް އެޅީ ހޯމް މިނިސްޓަރު އިމްރާނު ކަމަށެވެ. އަދި އެ ފުރުސަތު އެމަނިކުފާނަށް ނުދެއްވުމަށް އިމްރާނު އޯޑަރުކުރި ކަމަށް ޝިޔާމު ތުހުމަތު ކުރެއްވި އެވެ. 

"އެމަނިކުފާނުގެ އާއިލާއާއި ސަލާންކޮށްލަން ހުކުން ޖެހުމަށްފަހު ވަގުތެއް ނުދިނޭ. އިމުރާނު ބުނެގެނޯ! ހޯމް މިނިސްޓަރު އިމުރާނުކަމަށް ވަނީ ގުޅީ.. ގުޅާފަ ބުނީ ރައީސް ޔާމިނަށް އެމަނިކުފާނުގެ އާއިލާއާއި ސަލާންކޮށްލުމުގެ ފުރުސަތުވެސް ދޭނެކަމެއް ނެތޭ.. މިއީ އޯގާތެރި ސަރުކާރުގެ ވަޒީރުންގެ ފެންވަރުތޯ؟"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު

ޝިޔާމު ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާކުރަމުން ދަނީ ޒާތީ ތައައްސުބުގެ ތެރެއިން ކަމަށެވެ. 

އެހެންކަމުން އޯގާތެރިކަމާއި އިންސާނިއްޔަތުގެ ވާހަކަ ދައްކަން ސަރުކާރުން މިހާރު ލަދުގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީނުގެ މައްޗަށް ފުލުފުލުގައި އުފުލަމުން ދަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި، އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީވެސް ސިޔާސީ ނުފޫޒު ފޯރުވައިގެން އިއްވި "ހަރާން" ހުކުމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.