06 Nov 2022
"ރައީސް ނަޝީދުގެ ދަތުރުފުޅަށް ޚަރަދު ނުކުރެއޭ ބުނުމަކީ ހައްލެއް ނޫން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރައްވަމުންދާ ދަތުރުފުޅަށް ރައްޔިތުންގެ މަޖިލީހުން ޚަރަދެއް ނުކުރެއޭ ބުނުމަކުން އެކަމާއި ގުޅިގެން އުފެދޭ އެހެން މައްސަލަތައް ހައްލު ނުވާނެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.