މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނަށް އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް ޞާލިހު އިސް ސަފުގައި ހަރަކާތްތެރި ވަނީ/ ފޮޓޯ: އިންޓަނެޓު
ހަބަރު
15 Feb 2023 | 12:08
އެނގި ހާމަވީ އެއީ ސިޔާސީ މަންފާއެއް އޮތީތީ ރުއި ރުއިމެއްކަން: ޝިޔާމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހާރު އަމަލުކުރައްވަމުން ދާގޮތުން، ދިވެހި ރައްޔިތަކު ގެއްލުނު ހާދިސާގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިދިކޮޅުގައި ހުންނަވާ އެމަނިކުފާނު ކީރިތި ކުރެއްވީ ސިޔާސީ މަންފާއެއް އޮވެގެން ނުވަތަ އެމަނިކުފާނަށް ވޯޓު ހޯއްދެވުމުގެ ބޭނުމުގައިކަން، ޔަގީންވާކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އެމްޑީޕީ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ބޭރުކުރުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވިދާޅުވީ އެ މައްސަލަ އަކީ ދިވެހި ރައްޔިތުންތަކެއް ގެއްލިގެން އެކަމުގެ ކަންބޮޑުވުންތަކާއެކު ހުށައެޅި މައްސަލައެއް ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލައިގަނެ ވާހަކަ ދައްކާލުމުގެ ފުރުސަތު ދޭންވެސް އެމްޑީޕީ ސުޕްމެޖޯރިޓީއަށް ނުކުރެނުކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ ރައިސް ޞާލިހު އަންގައިގެން ކަަމަށެވެ. 

ދެ ދިވެހިން ގެއްލި ދުވަސްތަކެއް ފާއިތުވަމުންދާއިރު، އެމީސްމީހުންގެ އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާ މި ދަނޑިވަޅުގައި، ހުށައެޅި އެ މައްސަލަ ބޭރުކޮށްލުމުން ރައީސް ޞާލިހު މީގެކުރިން އިިކޮޅުގައި ހުންނަވާ ރުއީ ކޮންކަމަކާތޯ ސުވާލު އުފެދޭކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމުގެ ވާހަކައިގައި އިޝާރާތް ކުރެވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުވާލި ހާދިސާއަށެވެ.  

ރިލްވާނަށް އިންސާފު ހޯދުމަށް ގޮވާލާ އާއިލާއިން ކުރި މުޒާހަރާގައި ރައީސް ޞާލިހު އާއިލާއާއެކު 

ރިލުވާނު ގެއްލުވާލި ހާދިސާއާއި ގުޅިގެން، އޭނާއަށް އިންސާފު ހޯދުމަށް ގޮވާލާ ރިލުވާނުގެ އާއިލާއިން މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ތަކުގެ އިސް ސަފުގައި ރައީސް ޞާލިހު ހުންނެވިއެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަމަށް ހުވާކުރައްވާތާ 24 ގަޑީއިރުގެ ތެރޭގައި ރިލްވާނަށް ވީގޮތް ހޯއްދަވާދެއްވާނެކަމަށް ރައީސް ޞާލިހު އޭރު ރިލުވާނުގެ އާއިލާއަށް ވައުދުވެވަޑައިގެންނެވި އެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހުގެ އެ ވައުދުފުޅު ވެރިކަމަށް ވަޑައިގަތުމަށްފަހު ފުއްދަވާދެއްވާފައެއް ނުވެއެވެ. 

ރިލްވާނު ގެއްލުނު މައްސަލައިގައި ރައީސް ޞާލިހު އަމަލުކުރައްވާފައިވާ ގޮތަށް އިޝާރާތްކުރައްވާ ޝިޔާމު ވިދާޅުވީ އޭރު ރައީސް ޞާލިހު ކީރިތިކުރެއްވީ ސިޔާސީ މަންފާއެއް ހޯދުމަށްކަމަށް މިހާރު ސާފުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މަގްސަދަކީ ރިލްވާނު ގެއްލުވާލި ހާދިސާ ސިޔާސީކޮށް ބަޔަކު ޖަޒުބާތުގައި ޖައްސައިގެން އެމަނިކުފާނަށް ވޯޓު ހޯއްދެވުންކަމަށް ޝިޔާމު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

"ކޮބައިތޯ އިންސާނިއްޔަތުކަމެއް މި މީހުންގެ؟ ރަތް ޖަހާފަ، މި މައްސަލަ ބަލައިނުގަންނަން އިއްޒަތްތެރި ރައީސް ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަންނަން ރަތް ޖައްސަވާފަ އެ ވަޑައިގަތީ.. މިއީ ދެރަވަރު.. ދެން ކޮން އޯގާތެރިކަމެއްގެ ވާހަކަ ދައްކަވާކައްތޯ؟ ދެން ކޮން ރުއިމެއް ރީކަށްތޯ؟ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު.. މީ ހަމަ ސިޔާސީ ބޭނުމަށް، ސިޔާސީ ވޯޓު ހޯއްދެވުމަށް ރޯ ރުއިންކަން އަޅުގަނޑުމެންނަށް މިހާރު އެބަ ޔަގީންކޮށްދޭ ނޫންތޯ؟ ސީދާ.. ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން މިތަނުގައި އެ ދިޔައީ ހުރިހާ އެންމެން މި މައްސަލަ ބަލައިނުގަންނަން ރަތް ޖައްސާފަ ހުރިހާ އެންމެން"

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ވީނުވީއެއް ނޭނގި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަކީ ފެބްރުއަރީ މަހު އއ. މަތިވެރި ރިވެލި، ހަސަން އަލީ (ހަސަންފުޅުބެ) އާއި، ސ. މަރަދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓުކުރިތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު އެ މީހުން ހޯދުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަން ފާހަގަކޮށް، އެ މަސައްކަތް ހަރުދަނާ ކުރުމަށް ގޮވާލާ ހުށައެޅި މައްސަލައެކެވެ. 

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ އެއީ ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރަށް ފާޑުކިޔަން ހުށައެޅި މައްސަލައަކަށް ވާތީ ކަމަށެވެ. 

އެހެން ވިދާޅުވެ އެ މައްސަލަ ބޭރުކޮށްލާފައި ވާއިރު، މި ދައުރުގެ މިހާތަނަށް އިދިކޮޅުން ހުށައެޅި އެއްވެސް ކުއްލި މައްސަލައެއް މަޖިލީހުން ބަލައިގެންފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.