މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ހަބަރު
14 Feb 2023 | 16:50
"މިގައުމަކު ނެތް ސަރުކާރެއް؛ ހޯމް މިނިސްޓަރާއި އެންމެން މިތަނަށް ގެނެސް މަގާމުން ވަކިކުރަންޖެހޭ!"

ދިވެހިރާއްޖޭގައި ކަންކަން ހިނގަމުންދަނީ ސަރުކާރެއް އޮންނަ ގައުމެއްގައި ކަންކަން ހިނގަމުންދާ ގޮތަށް ނޫން ކަމަށާ، މި ގައުމުގައި ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސައްކަތު މާހައުލާއި ސިއްހީ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ، ދައުލަތުގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށާ، އެހެންނަމަވެސް މާލެއާއި ރާއްޖެތެރޭގެ ރަށްތަކަކީ މިހާރު ރައްކާތެރިކަން ކަށަވަރު ވެފައިވާ ތަންތަނެއް ނޫން ކަމަށެވެ. 

އެގޮތުން މަގުތައް މައްޗަކީ ރައްޔިތުން ހިނގައި ބިނގާވެ އުޅުން އަމާންތަނަކަށް ހަދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާއިރު، އެތަން ތަނަކީ މިހާރު ރައްކާތެރި ތަންތަނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގެ އަމާންކަން މި ހުރިހާ ކަމަކީ ރައްޔިތުންނަށް ފުރަތަަމަ ދޭންޖެހޭ އަސާސީ ހައްގު ތެރެއިން އެންމެ މުހިންމު އެއް ހައްގު. އެ ހައްގެއް ނެތް. ކަންކަން މަތީގައި މަސްތުވާތަކެތި މިކަންކަން އެދަނީ ބަރާބަރަށް ހިންގަމުން. ސަރުކާރެއް އޮތް ހެން ރައްޔިތުންނަށް އިހްސާސްވެސް ނުކުރެވޭ.

އިބްރާހިމް ރަޝީދު

މިއާއެކު ބޮންޑެ ވިދާޅުވީ، ދާދިފަހުން ނިރުފެހިގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނަކީ ކޮންބައެއް ކަންވެސް ނޭނގޭ ކަމަށާ، ސަރުކާރަކާއި، ހޯމް މިނިސްޓްރީއެއް އަދި ޑިފެންސް މިނިސްޓްރީއެއް އޮތް އިރު ގައުމުގައި ފިލައިގެން އުޅޭ މީހުންގެ ގޮތްވެސް ނޭނގޭ ކަމަށެވެ. 

ތިލަފުށީގައި އަނދައި ދިޔައިރުވެސް ފުރަތަމަ ބުނަމުންދިޔައީ ނެތޭ އެއްވެސް ކަމެއް. މީހަކު އަނދައި ނުދެއޭ. އެއްވެސް ގެއްލުމެއް ނުވެއޭ. އެމީހުން މުޒާހަރާ ކުރީމަ ބުނީ ބޮލެއް ފެނިއްޖެއޭ. އަނެއްދުވަހު. ދެން ޖެހިގެން އައި ދުވަހު ފައެއް ފެނިއްޖެއޭ. އަދި އަދަށްވެސް ނޭނގޭ އެއީ ކޮން ބައެއް ކަމެެއް. މިއީ ދައުލަތެއް. އެހެން ނަމަވެސް މަރުވެދިޔައީ ކޮންބައެއްކަން. އެމީހުންގެ ޑީއެންއޭ އެއް، ފިންގަރ ޕްރިންޓެއް އެކައްޗެއް ވެސް އޮތީކީނޫން، ހަމަ އެއާޕޯޓުން އަންނަ ގޮތަށް އައިސް މާލޭގައި މަސައްކަތް ކުރަނީ.

އިބްރާހިމް ރަޝީދު

އެހެންކަމުން، މަސައްކަތުގެ މާހަލުގައި އަމާންކަން ހޯދައިދޭން ބޭނުން ނަމަ ފުރަތަަމަ ކުރަންޖެހޭ ކަމަކީ މަސައްކަތުގެ މާހައުލުގައި އުޅެނީ ކޮންބައެއްކަން ދެނެގަތުން މައުލޫމާތު ހޯދުންކަމަަށްވެސް ބޮންޑެ ވިދާޅުވި އެވެ. 

މީގެ އިތުރުން ބޮންޑެ ވިދާޅުވީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އެފަދަ ކޮންމެ ބިލަކާއި އެކު، އިތުރު މަގާމުތަކެއްވެސް އުފައްދަމުންދާ ކަމަށާ، އެހެން ނަމަވެސް އެއާއި ގުޅިގެން ކުރާނެ ޚަރަދު ތަކުގެ ތަފްސީލް ބިލުގައި ހިމަނާފައި ނުވާ ކަމަށެވެ. 

"ކޮންމެ ބިލެއް އަންނަ އިރު އަނެއްކާވެސް ވަކި ސަރުކާރެއް އެބަ އުފެދޭ ބިލުގެ ތެރެއިން. މިހާރުވެސް އަނެއްކާ މި އުފެދެނީ ވަކި ސަރުކާރެއް. މި ސަރުކާރަށް ކިޔާނީ މަސައްކަތުގެ މާހައުލާއި ގުޅުންހުރި ސަރުކާރު. އެ ކޯލިޝަން ތައްޔާރުވާންވާއިރަށް އަނެއްކާވެސް މި އަންނަނީ މަސައްކަތު މާހައުލާއި ގުޅުން ހުރި ސަރުކާރު."

"އިއްޒަތްތެރި ރައީސް ފުރަތަަމަ މިގައުމުގައި ހުރި ހޯމް މިނިސްޓަރު މި ހުރިހާ އެންމެން ވަކިކުރަންވީ މިތަނަށް ގެނެސް. ކިތަންމެ ވަރަކަށް ބިލު ހެދިޔަސް ނުވާނެ މިކަމެއް. ރައްޔިތުންނަށް މިގައުމުގެ އަމާންކަން ރައްކާތެރިކަން ކަށަވަރު ނުވާ މާހައުލެއްގައި ކިހިނެއްތޯ އަމާން ރައްކާތެރި މާހައުލެއް އަޅުގަނޑުމެން ކަނޑައަޅާނީ. ނެތޭ ސަރުކާރެއް މިގައުމަކު."  ބޮންޑެ ވިދާޅުވިއެވެ. 

މިއާއެކު އޭނާ ވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުނު މައްސަލަ ބަލައި ނުގަންނަން ވިޕް ނެރުމުންވެސް އެކަމަށް ފާޑުވިދާޅުވެ، އެފަދަ ކަންކަމާއި ހުރެ ކަންކަން އިސްލާހު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.