ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)-- ފޮޓޯ/ ހުވަދޫ ނިޔުސް
ހަބަރު
15 Feb 2023 | 17:03
މި ވެރިކަން ގެންނަން މިސްކިތު ގާގަނޑަށް އަރާ ދުއާވެސް ކުރިން އަޅުގަނޑުމެން: ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާ އެހެންނަމަވެސް، މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުން ދަނީ ބާރާއި ނުފޫޒު ބޭނުންކޮށް ކުރިން ދެކޮޅު ހެދި އެތައް ސިފަތަކެއް އަލުން އިޔާދަ ވާ މަންޒަރުކަމަށް މަޖިލީހުގެ އަނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ވައްޑެ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަޓިކް ނިޒާމެއް އުފަން ކުރީ ދިވެހި އެތައް ރައްޔިތުންނެއްގެ ގުރުބާނީން ކަމަށެވެ.

އޭގެ ކުރިން މަޖިލީހުގައި އޮންނަނީ ސަރުކާރުން ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް ނިޒާމެއްކަމަށާއި އެ ނިޒާމުގައި މަޖިލީހަށް މެންބަރުން އައްޔަނު ކުރަމުން ދިޔައީ އޭރުގެ ސަރުކާރުންކަމަށް ވަހީދު ވިދާޅުވި އެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަނީ ހަމަ އެފަދަ ސިފައެއް ކަމަށް ވިދާޅުވެ ވައްޑެ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

 ”ދެންމެ އަޅުގަނޑަށް އިހުސާސްވެއްޖެ. އެ ޒަމާނުގެ އެ މަޖިލީހުގެ ސިފައިގައި. މި މަޖިލިސް ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރައްވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެބޭފުޅުން އެގޮތަށް މިތަނުގައި ވާހަކަ ދައްކަވާތީ. އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް“ ވައްޑޭ

މުހައްމަދު ވަހީދު

މިއާއެކު ވަހީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޞާލިހަށް ކާމިޔާބުކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތް ކޮށް އެތައް ދުވަހަކު ޖަލަށް ވެސްދާން ޖެހުނު ކަމަަށެވެ. އަދި ރައީސް ސޯލިހަކީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި ހޭދަ ކުރެއްވި، ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރަށް ވެސް ވުމާއި އެކު އެމަނިކުފާނާއި މެދު ކުރި އުންމީދުތައް ގަޑުބަޑު ކުރައްވަފާނެކަމަށް ދުވަހަކު ވެސް ހިތަކަށް ނާރާކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

”މިސްކިތު ގާގަނޑަށް އަރާ ދުއާ ވެސް ކުރިން އަޅުގަނޑުމެން.. އެތައް ދުވަހަކު ޖަލުގައާއި، އެތައް ދުވަހަކު ހާލުގައި އަޅުގަނޑުމެން އުޅުނީމޭ.. ހާދަ އުންމީދަކާއި އެކީގައޭ މި ވެރިކަން ގެންނަން އަޅުގަމޑުމެން މަސައްކަތް ކުރީ“ 

މުހައްމަދު ވަހީދު

މީގެ އިތުރުން ވަހީދު ވިދާޅުވީ ސަރުކާރާއި ދެކޮޅު ހަދައި ސަރުކާރަށް ފާޑު ނުކިޔޭނެކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުންދާ ކަމަށާ، ސަރުކާރާއި އެއްކޮޅު ތޯ ދެކޮޅު ނޫން ތޯ ބަލާފައި ހުށަހެޅޭ ބިލުތައް މަޖިލީހުން ބޭރުކޮށްލުން ސަގާފަތަކަށް ވެއްޖެކަމަށެވެ. އަދި އިދިކޮޅު މައިނޯރިޓީގެ އަޑު މަޖިލީހުން ކަނޑުވާލަން މަސައްކަތް ކުރާތީ ނުހަނު ކަނބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މަޖިލީހަށް އިންތިހާބު ވީ ޖަވާބުދާރީ ކުރުވޭނެ ދައުލަތެއް އުފެއްދުމަށް ކަމަށެވެ. ބޭނުން ވީ ނަޒާހަތްތެރި މަޖިލީހެއް ނަމަވެސް ކަން ހިނގަނީ ދިމާ އިދިކޮޅަށްކަމަށާ، ސަރުކާރަށް ފާޑުކިއުން އެއީ ހަސަދަވެރިވުން، ނުވަތަ ޒާތީވުންކަމަށް މިހާރުވެފައި ވާއިރު، އެފަދައިން އެގޮތަށް ނުބުނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވެރިންނާއި ވަޒީރުން އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް ފާޑުކިޔޭނެކަމަށް ވަހީދު ވިދާޅުވި އެވެ.

މިއާއެކު ވަހީދު ވިދާޅުވީ، މިއަދު ވެރިކަމުގައި މިއޮތީ އެމްޑީޕީން ދެކޮޅު ހެދި ހުރިހާ ކަމެއް އުފަންވެފައިކަމަށާއި ދެކޮޅުވި އާއިލީ ވެރިކަން އަލުން އިއާދަވެފައިވާއިރު، އެއީ އެކަމާއި ނުހަނު ކަންބޮޑުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.