ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު، މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Feb 2023 | 11:08
މިނިސްޓްރީއަށް ދައްކަން ނުޖެހޭ ފީއެއް ދެއްކުނު ނަމަ, ކަމާއި ބެހޭ ފަރާތަކަށް ހުށަހަޅާ: ޑރ.މައުސޫމް

މިނިސްޓްރީއަށް ދައްކަން ނުޖެހޭ ފީއެއް ދެއްކުނުކަމަށް، ނުވަތަ ދައްކަންޖެހޭ ވަރަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހުނު ނަމަ ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ޓޫރިޒމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން އާޒިމް ވަނީ ސަރުކާރުން، ބުނަމުން ދަނީ ރައްޔިތުންގެ އަތުން ޓެކްސްއާއި، ފީ ނުވަތަ ޖުރިމަނާ ނެގޭނީ ގާނޫނުގައި ކަނޑައެޅިފައިވާ އަދަދުތަކުގެ ތެރެއިންކަން ފާހަގަކުރައްވައި އެއާއި ޚިލާފަށް ކަން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، ޓޫރިޒަމްގެ ގާނޫނު ބުނާ ގޮތުން ނަމަ ކުންފުންޏެއްގެ ޝެއާއެއް، ނުވަތަ ނަން ބަދަލު ކުރާނަމަ، ދައްކަންޖެހޭނީ  10،000 ޑޮލަރުކަމަށާ، އެހެންނަމަވެސް، އެގޮތުން ބަދަލުކުރާ ކޮންމެ ފަހަރަކު ވެސް އެއް ލައްކަ ޑޮލަރު ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެކަންކަމަކީ ގާނޫނާއި ޚިލާފް ކަމެއް ކަމަށް މަޖިލީހުގެ ކޮމިޓީ ތަކުގައި ކަމާއި ގުޅޭ ގާނޫނީ ވަކީލުންވެސް ވިދާޅުވެފައިވާއިރު އެކަން އެގޮތަށް މި ދައުރުގައިވެސް ހިނގަމުންދާ ކަމަށާ، އެފަދަ ކަންކަން މިނިސްޓްރީގެ ތެރެއިން ހުއްޓޭނެ ގޮތަކާއި އަދި އެ ބަދަލު ގެންނަކަމަށް ވާނަމަ ކުރިން ބޮޑެތި ފީތައް މިނިސްޓްރީއަށް ދައްކާފައި ހުރި ކުންފުނިތަކާއި މީހުންނަށް އެ ފައިސާ އަނބުރާ ލިބޭނެ ތޯ އާޒިމް ސުވާލު ކުރެއްވި އެވެ.

އާޒިމްގެ ސުވާލަަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މިހާރު އެފަދަ ފީތައް ނުނަގާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ފައިސާ ބޮޑު އަދަދަކުން ދައްކާފައި ހުރި ބަޔަކަށް އެ އަނބުރާ ދެވޭނީ ގާނޫނަކުން ނުވަތަ ގަވައިދަކުން އެގޮތަށް ކަނޑައެޅުމުންކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

”ކުރިން އެފަދަ ފީތައް ނަގަމުން އައި. އެކަމަކު މިހާރު، އަޅުގަނޑު އުފަލާއި އެކު ދަންނަވަން. އެފަދަ ފީތަކެއް މިހާރު ނުނަގާނެ. ކުންފުންޏެއްގެ ޝެއާ ބަދަލު ކުރާއިރު މިހާރު ޓުރިޒަމް މިނިސްޓްރީ ކައިރީ އަހާކަށް ވެސް ނުޖެހޭނެ. ޓޫރިޒަމް މިނިސްޓްރީން މިދަނީ ފަހި ކުރާ މިނިސްޓްރީއެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ދެމުން. ދެން ފަހުން ތި ކުރެއްވި ސުވާލުގެ ޖަވާބުގައި، ގާނޫނަކަށް ގަވާއިދަކަށް އަންނަ ބަދަލަކާއި ގުޅިގެން، މާޒީގައި ހިނގާފައި އޮތް ކަމަކާ ބެހޭގޮތުން، އަޅުގަނޑު ހިތުން، ހައްގެއް ގެއްލިފައި އޮތް ކަމަށް ގަބޫލު ކުރެވޭ ހާލަތުގައި، އެކަމާއި ގުޅޭ ފަރާތްތަކަށް ވަޑައިގަތުން ރަނގަޅު ވާނެ ކަމަށް ފެނޭ."

ޑރ. މައުސޫމް 

މިނިސްޓަރުގެ ޖަވާބާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި އާޒިމް ވަނީ، ޑރ. މައުސޫމް ވަޒީރުކަމާއި ހަވާލުވީ ފަހުން، ވެސް އެއްލަކަ ރުފިޔާ ފީއެއްގެ ގޮތުގައި ނަގާފައި ހުރިކަމާއި އެފަދައިން ކަން ނުކުރާ ކަމަށް ވިދާޅުވި ނަމަވެސް ފަހަކާއި ޖެހެންދެން އަމަލު ކުރަމުން އައި ގޮތަކީވެސް އެއީކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެފަދައިން ކޮށްފައި އެވަނީ ގާނޫނު އަސާސީގައިވާ ގޮތާއި ޚިލާފަށް ކަމަށް ވާއިރު، އޭގެ ބަދަލު އެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޖަވާބުގައި އަނެއްކާވެސް މައުސޫމް ވިދާޅުވީ ނުހައްގުން އެއްވެސް މީހެއްގެ ހައްގެއް އެއީ މަޖިލީހުގެ މެމްބަރެއްގެ ހައްގެއް ނަމަވެސް އެ ނިގުޅައިގަނެފައިވާކަމަށް ގަބޫލު ކުރެވޭނަމަ ކަމާއި ގުޅޭ މުވައްސަސާތައް މެދުވެރިކޮށް އެ ހައްލު ލިބޭނެ ކަމަށެވެ.

"އެއްވެސް ރައްޔިތަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެސް ހައްގެއް ގެއްލިފައިވާ ކަމަށް، އަދި ނުހައްގުން އޭނާގެ އަތުން ފައިސާއެއް ނެގިފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ، އަޅުގަނޑު ހިތުން ކަމާއި ގުޅޭ އިދާރާތައް މެދުވެރިކޮށް އެ ހައްގު ހޯދުމުގެ ފުރުސަތު އޮންނާނެ." ޑރ. މައުސޫމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.