-
ދީން
09 Oct 2026 | 08:54
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް

ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.

މަރަކީ ވަކި އުމުރަކަށް، ވަކި ޖިންސަކަށް، ނުވަތަ ވަކި ހާލަތަކަށް އަންނަ އެއްޗެއް ނޫނެވެ. އެއީ ވަގުތު ޖެހުމުން އެއްވެސް އިންޒާރަކާ ނުލައި، ކުއްލިއަކަށް ކުރިމަތިލާންޖެހޭ ހަޤީޤަތެކެވެ.

މި ޙަޤީޤަތް އަޅުގަނޑުމެންގެ ހިތްތަކަށް އަސަރުކުރުވާނޭހެން، އިސްލާމިކް މިނިސްޓްރީގެ ކުރީގެ އިމާމް އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން މިވަނީ މީސްމީޑިއާގައި ކުރު ނަމަވެސް ވަރަށް ފުން މާނައެއް އެކުލެވޭ މެސެޖަކުން ހިއްސާކުރައްވާފައެވެ.

އެގޮތުން ޝެއިޚްގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވާފައިވެއެވެ؛ "މިއަހަރުވެސް 1200 އަށްވުރެ ގިނަ މީހުން އަޅުގަނޑުމެންނާ ވަކިވެއްޖެއެވެ. ދެން އަންނާނީ ކާކުގެ ވަގުތު ކަމެއް ނޭނގެއެވެ. އަވަހަށް ތައްޔާރުވޭ!"

ޝައިޚްގެ މި ތިން ޖުމްލައިން ދެއްވި ވަރުގަދަ އިންޒާރަކީ ޣާފިލުކަމުގެ ނިދިން ހޭލަންޖެހިފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ. ޙަޤީޤަތުގައިވެސް، މަރުގެ ސިގުނަލްތައް މިވަނީ އަޅުގަނޑުމެންނަށް އަބަދުމެދެމުންނެވެ. "ކަށުނަމާދު" ފޭސްބުކް ޕޭޖުން އެނގޭ ގޮތުގައި، މި ހިނގާ މަހުގެ 8 ވަނަ ދުވަހާ ހަމައަށްވެސް 29 މީހުންގެ ކަށުނަމާދު ވަނީ ކޮށްފައެވެ. މުޅި ރާއްޖޭގެ ހިސާބުތަކަށް ބަލައިފިނަމަ އިތުރުވާނެއެވެ.

މި އަހަރުގެ ތެރޭގައި ދުނިޔެ ދޫކުރި މީހުންގެ ތެރޭގައި، ދުނިޔޭގެ އަލިކަން ދުށްތާ އެންމެ ދުވަހެއްވެސް ނުވާ ތުއްތު ކުދިންނާއި، އުއްމީދުތަކުން ފުރިގެންވި ޒުވާނުންނާއި، ދެބައިއުމުރުގެ މީހުންގެ އިތުރުން ޢުމުރުން ދުވަސްވީ މުސްކުޅިން ހިމެނެއެވެ. ބައެއް މީހުން ވަކިވެދިޔައީ ދިގު މުއްދަތަކަށް ބަލި އެނދުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އަނެއް ބަޔަކު މުސްކުޅި ބަލީގައެވެ. އަދި ހިތާމަވެރި މަގުމަތީ އެކްސިޑެންޓްތަކުގައްޔާއި، ކުޑަވެސް އިންޒާރެއް ނެތި އައި ކުއްލި މަރުތަކުގައި ވަކިވެދިޔަ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ.

މިއިން ކޮންމެ މަރަކީވެސް އަޅުގަނޑުމެންނަށް ޢިބުރަތެކެވެ. ދުނިޔޭގައި އަޅުގަނޑުމެންނަށް ބާކީ އޮތީ ކިތައް ދުވަސް، ކިތައް ގަޑިއިރު، ނުވަތަ ކިތައް ސިކުންތު ކަމެއް އެކަކަށްވެސް ނޭނގެއެވެ.

އެހެންކަމުން، ޝެއިޚް އެ ވިދާޅުވި ފަދައިން، "ދެން އަންނާނީ ކާކުގެ ވަގުތު ކަމެއް ނޭނގެއެވެ." އެ ވަގުތަކީ ތިބާގެ ނުވަތަ އަޅުގަނޑުގެ ވަގުތު ކަމުގައިވެސް ވެދާނެއެވެ. މަރު އައިސް ބައްދަލުކުރާނީ މުއްދަތު ހަމަވުމުން ކަމަށްވާއިރު، ތައުބާވުން ފަސްނުކުރާށެވެ. الله އަށް ކިޔަމަންގަތުމުގައި ފަސްނުޖެހޭށެވެ. މާދަމާއަށް ކަންކަން ފަސްކުރުމުގެ އާދަ ދޫކޮށްލާ، މިއަދަކީ ތިބާގެ ފަހު ދުވަސް ކަމުގައި ދެކިގެން ހެޔޮ ޢަމަލުތަކާއި އިސްތިޣުފާރުން ފާފަތައް ފޮހެލުމަށް އަވަސްވެގަންނާށެވެ. ކަށްވަޅުގެ އެކަނިވެރިކަމާއި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވޭނީ ދުނިޔޭގައި އުޅުނުއިރު އެ ދުވަހަށް ތައްޔާރުވި މިންވަރަކުންނެވެ. ލަސްނުކޮށް، ހެޔޮ ޢަމަލުތަކައިގެން އަވަހަށް ތައްޔާރުވަމާ ހިނގާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.