ހޯމް މިނިސްޓަރު އިމްރާނު މަޖިލީހަށް ޖަވާބުދާރީ ވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Feb 2023 | 09:51
ހަރުކަށި ފިކުރުގެ މީހުން ބައިތިއްބަން ހަދާ ހައިސެކިއުރިޓީ ވިންޖު ޖޫން މަހަށް ހިމޭނެ: މިނިސްޓަރު އިމްރާނު

ދީނީ ހަރުކަށި ފިކުރު ހުންނަ މީހުން ދެނެގަނެ އެމީހުން ތޭބިއްތުމަށް މާފުށީ ޖަލުގައި ހައި ސެކިއުރިޓީ ވިއްޖެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިއަހަރުގެ ޖޫން ހިސާބުގައި އެ ވިންގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު އިމްރާނު އެކަން ހާމަކުރައްވާފައިވަނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މެމްބަރު ވަހީދު ވިދާޅުވީ ޖަލުތަކަކީ ހަރުކަށި ފަތުރާ އައްޑާއެއްގެ ގޮތުގައި ސިފަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރިޕޯޓެއް ނެރެފައިވާއިރު އެ ރިޕޯޓުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. އެ ރިޕޯޓަށްފަހު ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮބައިތޯއާއި، އެ ރިޕޯޓަށްފަހު ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކީ ކޮބައިތޯ މެމްބަރު ވަނީ އައްސަވާފަ އެވެ. 

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު 

"ޖަލުތަކުގެ ހާލަތާއި ބެހޭ ރިޕޯޓެއްގައި ކަންބޮޑުވާ ކަންތައްތަކެއް ވަނީ ފާހަގަވެފައި. ހަނގުރާމަވެރި ހަރުކަށި ފިކުރުގެ އައްޑާއެއްގެ ގޮތަށް ޖަލު ބައްޓަންވެފައިވާ ވާަހަކަ، އެކަންކަމާއި ބެހޭގޮތުން ކޮން ކަހަލަ ފިޔަވަޅުތަކެއްތޯ އެޅިގެންދަނީ؟ ޖަލުގެ ހާލަތު އަދިވެސް ހަމަ އެ ގޮތަށްތޯ އޮތީ؟ 

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު 

މެމްބަރުގެ އެ ސުވާލަށް ޖަވާބުދެއްވަން ފައްޓަވަމުން މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޭރެންސީގެ އެ ރިޕޯޓަކީ ހޯމް މިނިސްޓްރީއާއި ގުޅިގެން އެކުލަވާލި ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓުގެ ބޭނުމަކީ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކުރުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މީގެ ކުރިން ޖަލުތަކުގައި ތަފާތު ކުށްތައް ކުރާ މީހުން ބައިތިއްބަނީ މަސްހުނިކޮށް ކަމަށާއި، އެކަމުގެ ސަބަބުން ހަރުކަށި ފިކުރު ފަތުރާ މީހުންގެ ފަރާތުން ޖަލުތަކުގެ ހާލަތު ގޯސްވާނެ ގިނަ ކަންތައްތަކެއް ހިނގަމުންދާކަން ދެނެގަނެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ދެނެގަތުމަށްފަހު މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ހަރުކަށި ފިކުރު ހުންނަ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ.

އެ ފަރާތްތައް އެހެން އާންމު ކުށްތައް ކުރާ މީހުންނާއި ވަކިން ބޭތިއްބުމަށް ހައި ސެކިއުރިޓީ ސެލްއެއް މާފުށީ ޖަލުގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  

ހޯމް މިނިސްޓްރު އިމްރާނު އަބްދުﷲ 

"އަޅުގަނޑުމެން ވެރިކަމަށް އައިރުގައި އާންމުކޮށް ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުމެއް ނޯވޭ! އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން ވަކިން ޚާއްސަކޮށް ހަރުކަށި ފިކުރުގެ ފަރާތްތައް އެސެސްކުރާނެ ޓޫލްސްތަކެއް ޑިވެލޮޕްކޮށް، އެ ފަރާތްތައް އެސެސްކޮށް އެހެން ގައިދީންނާއި ވަކިން ބޭތިއްބޭނެގޮތް އެންމެ ބޮޑު މިންވަރަކަށް މިދަނީ އެކަން ކުރަމުން... އަޅުގަނޑުމެން އޭގެތެރެއިން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މިހާރު ހަމަ ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ޑިވެލޮޕް ކުރުމަށްޓަކައި އެ މަސައްކަތް ފެށިގެން މިހާރު ދަނީ ކުރިއަށް" 

ހޯމް މިނިސްޓަރު އިމްރާނު 

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ވަކިން ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގުގެ މަސައްކަތް މިއަހަރުގެ ޖޫން ޖުލައި ހިސާބަށް ނިންމާލެވޭނެ ކަމަށެވެ.

އެ ވިންގަކީ ހަރުކަށި ފިކުރުގެ މީހުންނަށް ޚާއްސަކޮށްގެން ސިންގަޕޫރުގައި ހަދާފައިވާ ހައި ސެކިއުރިޓީ ވިންގު މޮޑެލްއެއްގޮތަށް ބަލައިގެން ހަދާ ވިންގެއްކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވި އެވެ. އަދި އެ ވިންގު ހެދުމަށް 35 މިލިއަން ދިވެހި ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން މާފުށީ ޖަލުގައި ހެދޭ ހައި ސެކިއުރިޓީ ސެލްއާއެކު ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ގާބިލުކަން ތަންދޭ މިންވަރަކުން ޖަލުތަކުގެ ހާލަތު އަދި ޕޮލިސިން ޚިދުމަތް ފުޅާކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.