ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު، މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Feb 2023 | 13:04
އިންޑިއާގެ މަތިންދާ ބޯޓުތައް ހަނިމާދޫއަށް އަންނަން ފެށުމުން ފަތުރުވެރިކަން ކުރި އަރާނެ: ޑރ. މައުސޫމް

އިންޑިއާގެ މަތިންދާ ބޯޓުތައް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަން ފެށުމުން އެ ސަރަހައްދުގެ ފަތުރުވެރިކަން ބާރަށް ކުރި އަރައިގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ. 

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ ގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ފަތުރުވެރިކަން ކުރާ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއި ތަކެއް ދޭނެ ސިޔާސަތަކާއި، ފަތުރުވެރިންނަށް ދަތުރު ފަތުރު ކުރުމުގައި ލުއިތަކެއް ދިނުމުގެ ސިޔާސަތެއް ފެންނަށް ނެތް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން، އެ ދެ މައްސަލަ ހައްލުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު ގެ ވިސްނުންފުޅުހުރީ ކޮންގޮތަކަށްތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

ސަލީމް ގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ އެ ދާއިރާގެ ކުރިއެރުމަށް ހުރި މައްސަލަތައް ހައްލު ކުރުމުގެ ސިޔާސަތަކަށް ވާންޖެހޭ ކަމަށެވެ. 

މިއާއެކު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންދިޔުމަށްޓަކައި "ކޮމިޔުނިޓީ ބޭސްޑް" ފަތުރުވެރިކަން ކުރިއަށް ގެންދާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، އެ މައްސަލަ ހައްލުވުމުން، ބޮޑުތިލަދުންމައްޗާއި އެންމެ ކައިރީގައި އޮތް އިންޑިއާއިން އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށާ، ނަތީޖާއެއްގެ ގޮތުން ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކައިރީގައި އޮތް އެންމެ ބޮޑު މާކެޓް. މިހާރު އަޅުގަނޑުމެންގެ މިއަހަރުގެ ދެވަނަ މާކެޓް. އިންޑިއާ. އިންޑިއާ އާއި އެންމެ ގާތް ރަށް ހއ. ކެލާ. އެއީ ދެން ހަނިމާދޫއާއި ކެލާ އާއި ވެސް މާ ދުރެއް ނޫން. އެހިސާބަށް މަތިންދާބޯޓުތައް އަންނަންފެށީމާ، އެ ބޮޑު މާކެޓުން ވަރަށް ބާރަށް ފަތުރުވެރިން އަންނަން ފަށާނެ." 

"އިންޑިއާ މީހުން އާއްމުކޮށް ދަތުރު މިކުރަނީ 4 ދުވަހަށް ގިނައިން. މާލެ ސަރަހައްދަށް ބަތިންދާ ބޯޓެއްގައި އައިއްސަ، އަޅުގަނޑުމެންގެ މިވަގުތު އެތޭރެގެ އުދުހުންތައް ހުރިގޮތުން، އެތައް ގަޑިއިރެއް މަޑުކޮށްފައި، ބޮޑު އަގެއްދީފައި، ގެސްޓްހައުސް ހުންނަ ރަށަކަށް ދަތުރު ކުރުމަކީ އެހާ ރަނގަޅު ހައްލެއް ނޫން." ޑރ. މައުސޫމް ވިދާޅުވި އެވެ. 

މައުސޫމް އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ބޭނުންވަނީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށާ، އިންޑިޔާއިން އަންނަ މަތިންދާ ބޯޓު ތަށް، މާލެއަށް ދާން ނަގާ ވަގުތަށްވުރެ 40 މިނެޓް ކުރިން ހަނިމާދޫ އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ. އެހެންކަމުން، އޭގެ ސަބަބުން، ވަގުތާއި ފައިސާ ސަލާމަތްވެގެންދާނެ ކަމަށާ، ފަތުރުވެރިކަން ކުރި އެރުވުމަށް އެންމެ މުހިން ދެ ކަންތަކަކީ އެއީ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއާޕޯޓް ގެ އިތުރުން، ބޮޑުތިލަދުންމަތީގައި މިހާރުވެސް ހިނގަމުންދާ އާރްޓީއެލް ފެރީގެ ޚިދުމަތުން ފަތުރުވެރިންނަށްވެސް ނަގަމުންދަނީ ދިވެހިންނަށް ނަގަމުންދާ އަގުކަން ފާހަގަކުރައްވައި މައުސޫމް އިތުރަށް ވިދާޅުވީ، އެކަމާއި، އަދި އެ ސަރަހައްދުގެ ރަށް ރަށުގެ ބަނދަރާއި ފެނާއި ނަރުދަމާގެ އިތުރުން، އިޖުތީމާއީ އެހެން ކަންކަން ވެސް ކުރިއަރުވަމުންދަނީ ފަތުރުވެރިކަން ކުރިއަރުވަން ކަމަށެވެ. އަދި ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތްތައް ދުރު ރާސްތާއެއްގައި ނިމިގެންދާނެ ކަމަށާ، ދުރު ރާސްތާއޭ ދެންނެވިނަމަވެސް އެއީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.