21 Jun 2023
"މެޖޯރިޓީ ލީޑަރު ގޮތް ދޫކޮށްގެން ނޫނީ މަރުތަޅު ފިލުވޭކަށް ނެތް"
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ގޮތް ދޫކުރައްވައިގެން ނޫނީ މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިވަޑައި ނުގަންނަވާކަމަށް މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.