މެމްބަރު ސަލީމް
ހަބަރު
12 Nov 2025 | 12:10
ފޯރާ ތަނަވަސް މީހުންނަށް އެލަވަންސް ދިނުން ހުއްޓުވަންޖެހޭ: ސަލީމް

ދައުލަތުެގ ބައިތުލްމާލުން ފޯރާ ތަނަވަސްމީހުންނަށް ދެމުން އަންނަ އިނާޔަތްތައް ދިނުން ހުއްޓާލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މި ޤައުމު ހިންގޭވަރަށް ފައިސާ ލިބޭކަމަށާއި، ހުރިހާވެސް މައްސަލައަކީ ދައުލަތުގެ ބައިތުލްމާލުން އިނާޔަތް ދޭން ނުޖެހޭ މީހުންނަށް އިނާޔަތުގެ ގޮތުގައި އެކި އަދަދުތަކުން ފައިސާ ދޭ ދިނުންކަމަށެވެ.

ދައުލަތުގެ ބައިތުލްމާލުން އިނާޔަތާ މާލީ އެހީއަކީ ފުދުންްތެރިކަމެއްނެތް މީހުންނަށް ދޭންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ދުަވަސްވީ މީހުންނަށާއި، އެނޫންވެސް ކަންކަމުގައި ސަބްސިޑީގެ ގޮތުގައި ދެވޭ ފައިސާ މުއްސަނދި މަހުޖަނުންނަށް ދެވެމުންދާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖޭގައި ކަންކަން ހިނގަމުން އަންނަނީ އެމަގުން ނޫންކަން ސަލީމް ފާހަގަކުރެއްވިއެވެ.

ހަގީގަތުގައި މި އާސަންދައާ އެންސްޕާއަކީ ތަނަވަސް އަހުލުވެރިންނަށް ދޭންޖެހޭ އެއްޗެއް ނޫން. މިއީ ނިކަމެތި ރައްޔިތުންނަށް ދޭންޖެހޭ އެއްޗެއް. އަޅުގަނޑުމެން މި ރާއްޖޭގައި އެންސްޕާއާ އާސަންދައާ  ލިބޭ ކިތަންމެ ތަނަވަސްމީހަކު އެބަހުރި. އަދި 65 އަހަރުވީމާ އެ ލިބޭ 5000 ރުފިޔާވެސް އެއީ މަހުޖަނަކަށްވިއަސް ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށްވިއަސް އެ ރުފިޔާވެސް އެބަނަގާ

ސަލީމް ވިދާޅުވިއެވެ

ސަލީމް ވިދާޅުވީ ހައްގު ނޫން މީހުނަށް ދައުލަތުެގ ބައިތުލްމާލުންދޭ ފައިސާ ދިނުން ހުއްޓުވަން ޖެހޭކަމަށާއި މިހާރު ފެނިގެންމިދަނީ މުއްސަނދިން އަތުން ނަގަންޖެހޭ ޒަކާތްް ހަމަ އެމީހުންނަށް ލިބިގެންދާ މަންޒަރުކަމަށެވެ. ސަލީމް ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ޒަކާތް ނެގެމުންދާނަމަ ނިކަމެތި ރައްޔިތުންގެ މުހުތާދުތައް ފުއްދޭނޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.