މައިނޯރިޓީ ލީޑަރު ސަލީމް/ ފޮޓޯ: ދެން
ހަބަރު
21 Jun 2023 | 11:14
މެޖޯރިޓީ ލީޑަރު ގޮތް ދޫކޮށްގެން ނޫނީ މަރުތަޅު ފިލުވޭކަށް ނެތް: މައިނޯރިޓީ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ގޮތް ދޫކުރައްވައިގެން ނޫނީ މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިވަޑައި ނުގަންނަވާކަމަށް މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދަށް އެޖެންޑާކޮށްފައި ނެތް ނަމަވެސް، އިދިކޮޅު (ޕީޕީއެމް-ޕީއެންސީ) މެމްބަރުން މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ. އަދި އެބޭފުޅުން ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުމާއި ގުޅޭގޮތުން އޮތް ކަންބޮޑުވުންތައް މީޑިއާއަށް ހިއްސާކޮށްފަ އެވެ. 

އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމު ވިދާޅުވީ މަޖިލީހުގައި މަރިތަޅު އެޅުވުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށައެޅުމުން، އެ ދެބޭފުޅުން ވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވި ހިސާބުން ކަމަށެވެ. 

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންމެވެސް އެއްބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ހުށައަޅުއްވާފަ އެވެ. އަދި އެގޮތަށް އެކަން ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. 

އެހެން ނަމަވެސް އަންގާރަ ދުވަހު އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ "މަރުތަޅު" ފިލުވަން ނަޝީދު ހުށައެޅުއްވި ޚިޔާލު ބަލައިގަނެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ނަޝީދަށް ޖެހިވަޑައިގަންނަވާނީ މަޖިލީސް ހިންގަން ކަމަށެވެ. އެހެން ނޫން ނަމަ އިސްތިއުފާދެއްވަން ކަމަށެވެ. 

މަޖިލީހުގެ މައިނޯރިޓީން ވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެކަމަށް އަލިއަޅުވާލާ ޕީޕީއެމްގެ ޕީޖީ ލީޑަރު ސަލީމު ވިދާޅުވީ މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ފިލުވާލެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު (އަސްލަމް) ގޮތް ދޫކުރައްވާ މީގެކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލާއި އެއްގޮތަށް ކަންކަން ކުރެއްވުމަށް ދޫދިނުން ކަމަށެވެ. 

މައިނޯރިޓީ ލީޑަރު ސަލީމު މީޑިއާއަށް މައުލޫމާތު ދެއްވަނީ

"މެޖޯރިޓީ ލީޑަރު ދޫ ދީގެން ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނުފެނުނު ބަލާ ބަލާ ވެސް ކުރިއަށް ގެންދެވޭނެ ގޮތެއް، އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން" 

މައިނޯރިޓީ ލީޑަރު ސަލީމު

ސަލީމު އިތުރަށް ވިދާޅުވީ އެމްޑީޕީ ޕީޖީން މަޖިލީހުގައި މަރިތަޅު އެޅުވީ ފޯޅަވަހި މައްސަލައާއި ގުޅިގެން ބަންޑާރަނައިބު މަޖިލީހަށް ހާޒިރުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާން ފެށުމުން އެކަމަށް ހުރަސްއެޅުމަށް ކަމަށެވެ. 

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލާފައި އޮއްވާ، ރައީސްގެ މައްސަލަ ހުށައެޅި ވަގުތަށް ބަލާލުމުން ވެސް އެކަން ވަރަށް ސާފުވެގެންދާނެ ކަމަށް ސަލީމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.