ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް
ހަބަރު
25 Oct 2023 | 11:17
ފަތުރުވެރިކަން ދަށް ހިސާބުތަކުން 10 އަހަރަށް ޓެކްސް ކަނޑައިލަން ހުށަހެޅުމެއް

ފަތުރުވެރިކަން ދަށް ހިސާބުތަކުން ނަގަމުން އަންނަ ޓެކްސްތައްް 10 އަހަރުގެ މުއްދަތަކަށް މެދުކަނޑާލުމަށް، ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ އިންސައްތަ އަށް ބަލާއިރު 23 އިންސައްތަ ނިސްބަތްވަނީ ގެސްޓްހައުސް ވިޔަފާރިއަށް ކަމަށެވެ. އަދި އެ 23 އިންތައިގެ އެނދުގެ ތެރެއިން 79 އިންސައްތަ އެނދު ހުރީ މާލެ އާއި ކައިރި ސަރަހައްދު ތަކުގައި ކަމަށާ، ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތައްވެސް ތޮއްޖެހިފައި ވަނީ މާލެ ސަރަހައްދުގައި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިއާއެކު ސަލީމް ވިދާޅުވޫ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ދަތުރުފަތުރުގެ ދަތިތަކާއި މުޅި ރާއްޖެއަށް އެއް ހަމައެއްގައި ޓެކުސް ތަންފީޒުކުރަމުން ދިއުންކަމަށެވެ. 

ސަލީމު ވިދާޅުވީ، 1972 ވަނަ އަހަރުން ފެށިގެން 39 ވަރަކަށް އަހަރު މާލެ ސަރަހައްދުގައި ރިސޯޓުތައް ހިންގަމުން އައީ ޓެކުހެއް ނެތިއެވެ. އަދި އެ މުއްދަތުގައި މާލެ ސަރަހައްދުތައް ރިސޯޓުތައް ތައާރަފުކުރެވި ކުރިއަރައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަންމިހެން ހުރުމުން، މާލެ ސަރަހައްދައް ނަގަމުންދާ ޓެކްސް ރޭޓްތައް ފަތުރުވެރިކަން ދަށް ސަރަހައްދު ތަކަށް ނެގުމުން އެ ފަތުރުވެރިކަން ދަށް ސަރަހައްދު ތަކަށް އިންވެސްޓް ކުރާނެ ފަރާތްތައް ނުވާކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

"މާލެ ސަރަހައްދަށް މި އެޕްލައިކުރާ ޓެކުސް ފަތުރުވެރިކަން ވަރަށް ކުޑަކޮށް ތަރައްޤީވެފައި ހުރި ސަރަހައްދުތަކަށް އެޕްލައިކުރީމާ އެ ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުޤުވެރިއެއް ނުވޭ. އަދި ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ނެގިޔަސް، ރިސޯޓު ތަރައްޤީކުރުމުގެ އަގު އިންތިހާއަށް ބޮޑުވާތީ، 13، 14، 15، 16 އަހަރުވެގެންދާއިރު ނުހެދިހުރި ކިތަންމެ ކިތަންމެ ރަށްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހުރި،" 

ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

އެހެންކަމުން ސަލީމް ވަނީ ފަތުރުވެރިކަން ދަށް ސަރަހައްދު ތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. 

އެގޮތުން އޭނާ ވަނީ، ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި އެންމެ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ހިސާބުތަކުން ޓެކްސް 10 އަހަރަށް ކަނޑައިލުމަށާ، އަދި، އެ މުއްދަތުގައި ފަތުރުވެރިކަމުގެ އެހެން ޓެކްސްތަކުން ވެސް އެ ސަރަހައްދުތަކުގެ ރިސޯޓުތަކަށް 50 އިންސައްތައިގެ ލުޔެއް ދޭން ހުށަހަޅުއްވާފައެވެ.

"އަޅުގަނޑުގެ ހުށަހެޅުމަކީ މިދެންނެވި ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ އިންވެސްޓަރުންނަށް [އިންވެސްޓުކުރަން] ފަސޭހަކޮށްދިނުމުގެ ގޮތުން، ލުއިދިނުމުގެ ގޮތުން، ހިއްވަރުދިނުމުގެ ގޮތުން، ޑިއުޓީ މައާފުކުރާ 10 އަހަރުގެ މުއްދަތެއް ކަނޑައެޅުމަށް. އަދިއެއާއެކު މިދެންނެވި 10 އަހަރުގެ މުއްދަތުގައި ޓުއަރިޒަމްގެ ޓެކުސްތަކުގެ 50 އިންސައްތަ ލުއިކުރުން،" 

ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ވަކި ސަރަހައްދެއްގައި ޚާއްޞަ އިޤުތިޞާދީ މަސައްކަތެއް ކުރިއެރުވުމުގެ ގޮތުން އެ ސަރަހައްދުގައި އެ ދާއިރާއެއްގެ މަސައްކަތަށް އިންވެސްޓުކުރާ ފަރާތްތަކަށް ޓެކުހުގެ ލުއިދިނުމަކީ ކުރަމުން އަންނަ، އަދި ތަޖުރިބާ ވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.