މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
20 Nov 2023 | 09:49
މަޖިލީހުގެ ރައީސާއި ނާއިބު ނެތް ހާލަތުގައި ރިޔާސަތަށް އެރުވޭ މީހުންގެ ލިސްޓު އެކުލަވާލައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނާއިބު ރައީސް މަޖިލީހުގެ ތަޅުމުގައި ނެތް ހާލަތްތަކުގައި، ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުންގެ ލިސްޓް ތަރުތީބު ކުރައްވައިފިއެވެ. 

މަޖިލީހުގެ މިހާރު ކުރިއަށްދާ ޖަލްސާގައި ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަސް ވަންދެން މަޖިލީހަށް ޚިދުމަތްކުރެއްވި މެންބަރުންގެ ތެރެއިން ކަނޑައަޅާފައިވާ ފަސް މެންބަރަކު ކަމަށެވެ. 

އެގޮތުން، އެ ގަވާއިދުގެ މަތިން، އަސްލަމް ވަނީ ރައީސާއި ނާއިބު ރައީސް ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓެވުމަށް ފުރުސަތު ދެވޭނެ ތަރުތީބު އިއުލާން ކުރައްވާފައެވެ. 

އެއީ؛ 

1) މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)-- ސިޔާމް ވަނީ 27 ފެބްރުއަރީ 2005 އިން ފެށިގެން މިއަދާއި ހަމައަށް، މެދުކެނޑުމެއްނެތި 18 އަހަރާއި 8 މަސްދުވަހު މަޖިލީހުގައި ޚިދުމަތްކުރައްވާފައި. 

2) މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް-- ގާސިމް ވަނީ 28 މެއި 2009 އިން ފެށިގެން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި 14 އަހަރާއި 5 މަސްދުވަހު މަޖިލީހަށް ޚިދުމަތްކުރައްވާފައި.

3) އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ސަލީމް ވަނީ 28 މެއި 2009 އިން ފެށިގެން މިއަދާއި ހަމައަށް 14 އަހަރާއި 5 މަސްދުވަހު މަޖިލީހަށް ޚިދުމަތްކުރައްވާފައި.

4) ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ-- އަބްދުލްޣަފޫރު ވަނީ 28 މެއި 2009 އިން ފެށިގެން މިއަދާއި ހަމައަށް 14 އަހަރާއި 5 މަސްދުވަހު މަޖިލީހަށް ޚިދުމަތްކުރައްވާފައި.

5) ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު-- އާމިރު ވަނީ 28 މެއި 2009 އިން ފެށިގެން މިއަދާއި ހަމައަށް 14 އަހަރާއި 5 މަސްދުވަހު މަޖިލީހަށް ޚިދުމަތްކުރައްވާފައި.

އަސްލަމް ވިދާޅުވީ، މެންބަރުންގެ ތަރުތީބު ކަނޑައެޅުއްވުމުގައި، އަމަލު ކުރައްވާފައިވާނީ މަޖިލީހުގެ ގަވާދުގެ މަތިން ކަމަށެވެ. އެގޮތުން، މަޖިލީހަށް ޚިދުމަތްކުރައްވާފައިވާ މުއްދަތުގެ އިތުރުން، އެ މުއްދަތު މެންބަރުންގެ މެދުގައި ހަމަހަމަ ވެފައިވާނަމަ، އިސްކަންދެއްވީ އުމުރުގެ ގޮތުން ދޮށީ ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.