ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ/ މަޖިލިސް
ހަބަރު
10 Oct 2023 | 14:06
ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް 50 ލާރިއަށް ކުޑަ ކުރަން ހުށަހަޅައިފި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިހާރު ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުުމަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، ކޮތަޅަކުން ނަގާ ޓެކްސް 50 ލާރިއަށް ބަދަލުކުރުމުގެ އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. 

މި ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ބިލަށް މިހާރު ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް ގަނޑުކޮށް 50 ކޮތަޅަށްވުރެ ގިނައިން ގަންނަ އިރު ޓެކްސް ނުނަގާގޮތަށް ހެދުމުން ހޯލް ސޭލްކޮށް ވިޔަފާރި ކުރާ ފަރާތްތައް ނޫން އެހެން ފަރާތްތަކުންވެސް އެފަދައިން ގަނޑުކޮށް ކޮތަޅު ގަތުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ، ޕްލާސްޓިކް މަދު ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލް ނުވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން، ޕްލާސްޓިކު ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށީ، ވަރަށް ބޮޑަށް ތަކެތީގެ އަގުތައްވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރައްވައި ސަލީމް ވަނީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނުކަންވެސް ފާހަގަ ކުރައްވާފައެވެ. 

ހަމަ އެހެންމެ، އެ ބިލަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަށް ބަލާއިރު، ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ވުމާއެކު އޭނާ ވަނީ ކޮތަޅުން ނަގާ ފީއާއި ގުޅިގެން އެކަމަށް ހައްލު ތަކެއް ގެނައުމަށް ގިނަ އިސްލާހު ތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ހުށަހެޅުއްްވި އިސްލާހުތަކުގެ ތެރޭގައި؛ 

- ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުން. 

- ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލު ކުރުން

- ކޮތަޅަކަށް ނެގޭ ރުފީޔާގެ އަދަދު މިހާރަށް ވުރެ ދަށްކޮށް، 50 ލާރިއަށް ކޮތަޅުން ނަގާ ފީ ކުޑަ ކުރުން 

ސަލީމް ވަނީ ޓެކްސް ނެގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަހަރުން އަހަރަށްވެސް ބަދަލު ގެނެވޭ ކަމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްކަމަށެވެ.

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ.

ކޮތަޅުން 2 ރުފިޔާގެ ޓެކްސްއެއް ނެގުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުށަހެޅުމުން ސަރުކާރުން ވަނީ ޤަނޫނު އިސްލާހު ކުރުމަށް މެއި މަހުގެ ތެރޭގައި ހުށަހެޅާފައެވެ. ނަމަވެސް، މަޖިލީހުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި މަސައްކަތް އޮތީ ނުކުރެވި މަޑު ޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.