މެމްބަރު ރޮޒައިނާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Feb 2023 | 13:18
ގެއްލުނު މީހުން ހޯދަން ގޮވާލާ ކުއްލި މައްސަލަ ހުށަހެޅީ ސަރުކާރަށް އެއްޗިހި ކިޔަން: ރޮޒައިނާ

ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް އަވަސްކުރަން ގޮވާލާ އިދިކޮޅުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު، އެކަން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދިފާއުކުރައްވައިފި އެވެ. 

ފެބްރުއަރީ މަހު އއ. މަތިވެރި ރިވެލި، ހަސަން އަލީ (ހަސަންފުޅުބެ) އާއި، ސ. މަރަދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓުކުރިތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު އެ މީހުން ހޯދުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަން ފާހަގަކޮށް، އެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. 

އެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ 18 މެމްބަރުންނެވެ. އަދި މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 29 މެމްބަރުން ވޯޓުދެއްވާފައި ވެއެވެ.

އަގުލަބިއްޔަތު ވޯޓު މައްސަލަ ބަލައިނުގަތުމަށް ނިންމުމާއެކު މައްސަލަ ބޭރުކޮށްލާަފައިވާއިރު، މިއީ އިދިކޮޅުން ހުށައެޅި ކުއްލި މައްސަލަތަކުގެ ތެރެއިން މިފަދައިން ބޭރުކޮށްލި ތިންވަނަ މައްސަލައެވެ. 

ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ހުށައެޅި އެ މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޝިޔާމު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ. 

ޝިޔާމުގެ އެ ވާހަކަތަކަށް ރޮޒައިނާ ވަނީ ރައްދެއްވާފަ އެވެ. 

އެގޮތުން އެ މައްސަލަ ބޭރުކޮށްލި ސަބަބާއި ގުޅޭގޮތުން މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ދެ ދިވެހިން ގެއްލުނު މައްސަލައިގައި އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީ، ގެއްލުނު މީހުން ހޯދުން އަވަސްކޮށް، ނަތީޖާ ނެރުމަށް ނޫން ކަމަށެވެ.

އިދިކޮޅު މެމްބަރުންގެ މަގްސަދަކީ އެފަދަ މައްސަލަތައް ހުށައަޅައިގެން ސަރުކާރަށް އެއްޗެހި ކިޔުންކަމަށް ރޮޒޭނާ ވިދާޅުވި އެވެ.  

އައްޑޫ މީދޫ މެމްބަރު ރޮޒައިނާ މަޖިލީހުގައި ވާހަކަދައްކަވަނީ.. ފޮޓޯ: މަޖިލިސް 

"މިތަނަށް ކުއްލި މައްސަލައެއް ކޮންމެ ދުވަހަކު ހެނދުނު ލަނީ، އެ މައްސަލައާއި ގުޅޭގޮތުން ސަރުކާރާއި ދިމާލަށް އެކި ގޮތްގޮތަށް އެއްޗެހި ކިޔާފަ އެކަން އެ ހިސާބުން ނިންމާލާ ކަމެއްގެ ގޮތުގައި، ނިންމާލާ ކަމެއްގެ ގޮތުގައި ކަންކަން ހުށައެޅުމަކުންނެއް އެއަކުންނެއް ނަތީޖާއެއް ނުނިކުމޭ، ނަތީޖާ ނިކުންނަނީ ނަތީޖާ ނިކުންނަ ގޮތަށް ހުށައެޅޭ ކަންކަމުން، ނަތީޖާ ނިކުންނަ ގޮތަށް ކުރެވޭ މަސައްކަތްތަކުން"

އައްޑޫ މީދޫ މެމްބަރު ރޮޒައިނާ އާދަމް  

ރޮޒައިނާ ވިދާޅުވީ އިދިކޮޅުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެ މައްސަލައަށް ހަގީގީ ހައްލެއް ހޯދަން ބޭނުންފުޅުވާ ނަމަ އެ މައްސަލަ ހުށައަޅުއްވާނީ މަޖިލީހުގެ 241 ކޮމެޓީއަށް ކަމަށެވެ. އޭރުން ކޮމެޓީއަށް އިދާރާތަކުގެ މެމްބަރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

މަޖިލީހުގައި މަސައްކަތް ކުރާ އުސޫލުތަކަކީ އެއްވެސް މެމްބަރަކަށް އޮޅިވަޑައިގެންފައި އޮންނަވާނެ ކަމެއް ނޫން ކަމަށާއި، ކުއްލި މައްސަލައެއް ހުށައެޅިޔަސް، އެ މައްސަލަ ކޮމެޓީއަށް ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްލި މައްސަލައެއް ހުށައަޅައިގެން ކުރެވޭނެހާވެސް ކަމަކީ އެ މައްސަލައަކާއި ގުޅޭގޮތުން ބަހުސް ކުރުން ކަމަށާއި، އެއީ އެއްވެސް ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮންމެ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމުގެ ހަމައެކަނި ބޭނުމަކީ، ސަރުކާރަށް ފުރައްސާރަކޮށް ސަރުކާރަށް އެއްޗެހި ގޮވުންކަމަށް ތަކުރާރުކޮށް ރޮޒައިނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ސުހާނާ
300 މިލައަނުން ހަޖަމްނުވޭބާ ރޮޒޭނާ އިބޫ ބަލިވެފަ އޮތީ ރެޑީވޭ ޖަލައްދާން ދެން
17 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.