އާދަމް ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
15 Feb 2023 | 10:55
ގެއްލޭ މީހުން ހޯދުން ހަރުދަނާކުރުމަށް ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ވީނުވީއެއް ނޭނގި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. 

މަޖިލީހަށް އެ މައްސަލަ ހުށައެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. 

ފެބްރުއަރީ މަހު އއ. މަތިވެރި ރިވެލި، ހަސަން އަލީ (ހަސަންފުޅުބެ) އާއި، ސ. މަރަދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓުކުރިތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު އެ މީހުން ހޯދުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް، އެ މީހުން ހޯދުމުގެ މަސައްކަތަށް ފަރުވާކުޑަ ކުރާކަން އާދަމް ޝަރީފުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. 

އއ މަރިވެރިން ގެއްލުނު ހަސަންފުޅުބެ 

އެ ކުއްލި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ އާސިރު ގެއްލުނުތާ 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭނާ އެންމެ ފަހުން ފެނުނު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ޑިޕާޓްމަންޓް ތަކުގެ ސީސީޓީވީ ފުޓޭޖް ހޯދިފައި ނުވާއިރު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް، ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަމުން ނުދާކަމަށެވެ. 

ސ. މަރަދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް

އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ފާހެއް ނުކުރިއެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ ވޯޓުގައި ބައިވެރިވި47 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. ނުފެންނަ ކަމަށް 29 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އެއާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. 

އއ. މަތިވެރިން ހަސަންފުޅުބެ ގެއްލުނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އޭނާ ހޯދުމަށް ރަށުގެ ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިހާތަނަށް އޭނާ ފެނިފައެއް ނުވެ އެވެ. 

އެފަހުގެ މި މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީއަށް ނިސްބަތްވާ ދުވާނެއް ގެއްލިގެން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ޒުވާނާ އެންމެ ފަހުން ފެނުނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޓާމިނަލަށް ވަންތަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ފުރާފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.