މިނިސްޓަރު ރާޝިދުއްޒަމާން.. ފޮޓޯ: ޑާކާ ޓްރިބިއުން
ހަބަރު
07 Oct 2026 | 16:20
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރާޝިދުއްޒަމާން މިއްލަތު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ، ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ރާޝިދުއްޒަމާން ވަނީ ރާއްޖެއާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

މި ހަފްލާގައި ވާހަކަދައްކަވަމުން ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ޝިއުނީން ރަޝީދު ވިދާޅުވީ ދިވެހިންނާއި ކަނޑާ އޮތީ ވަރަށް ބަދަހި ގުޅުމުގެ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދާއި ސަގާފަތުގައި މަސްވެރިކަމަށް ވަރަށް މުހިންމު ޤަދަރެއް ދެވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވަވާފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ބާޒާރުގައި ރާއްޖޭގެ ކަނޑުމަހުގެސަފީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިޤްތިޞާދީ ދާއިރާތަކުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ، ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ނައިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ކަނޑުމަހުގެ މަސްވެރިކަމާއި، ކާތަކެތީގެ ސަގާފަތާއި، ފަތުރުވެރިކަމުގެ ފުރުޞަތުތައް ދައްކާލުމުގެ ގޮތުން ބަންގްލަދޭޝްގައި ބޭއްވި އިވެންޓެކެވެ. ބަންގްލަދެޝްއަކީ އެ ޤައުމަކަށް ނިސްބަތްވާ އެންމެގިނަ މަސައްކަތްތެރިން ރާއްޖޭގައި އުޅެމުންދާ ޤައުމެވެ. ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އާބާދީގެ އަންދާޒާކުރެވޭ އަދަދު 215،911 ގައި އުޅޭއިރު، މީގެ ތެރެއިން ލައްކައަކަށްވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.