ރައްޔިތުންގެ މަޖިލިސް
28 Nov 2022
"ރައީސް ނަޝީދު އަދަދެއް ވިދާޅުވާނީ ފުރިހަމަ މައުލޫމާތު ހޯއްދަވައިގެން"
ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދަދެއް ވިދާޅުވެއްޖެ ނަމަ އެ ވިދާޅުވާނީ އެއަދަދާއި ގުޅުން ހުރި މުއައްސަސާތަކުން ފުރިހަމަ މައުލޫމާތު ހޯއްދަވައިގެންކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެމަނިކުފާނަށް ތައުރީފް ކުރައްވައިފިއެވެ.
27 Nov 2022
"ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ރައްޔިތުންގެ އަތުން ފައިސާ ހޯދަން"
2023 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
23 Nov 2022
10:30 ގެ ފަހުން މަޖިލީހުން ރައީސް ނަޝީދު ނުފެނުމަކީ ބޮޑު ހިތާމައެއް: އިސްމާއީލް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 10:30 ގެ ފަހުން މަޖިލީހުގެ ޖަލްސާތަކުން ނުފެނުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
23 Nov 2022
ހޯމަ ދުވަހުގެ ޖަލްސާ އަށްފަހު މަޖިލިސް ވެސް ޗުއްޓީއަށް
އަންނަ ހަފާތާގެ ހޯމަ ދުވަހު މަޖިލިސް ރިސެސްއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
23 Nov 2022
"އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އެހެން ކިޔާނީ އަޅުގަނޑު"
2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ސަރުކަާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާއިރު، އެފައިން އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އުއްމީދޭ ކިޔާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.
23 Nov 2022
"ބޮޑު މުސާރަ ލިބޭއިރު ވަގުތަށް މަޖިލީހަށް ނާންނަކަމީ ބޮޑު ހިތާމައެއް"
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް 80,000 އަށްވުރެ ބޮޑު މުސާރައެއް ގެއަށް ގެންދަން ލިބޭއިރު، ވަގުތަށް މަޖިލީހަށް ހާޒިރު ނުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
22 Nov 2022
ސަރުކާރުން ގާނޫނާއި ޚިލާފް ވެފައިވާ ކަމަށް ތުހުމަތުކުރައްވައިފި
ސަރުކާރުން ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާންވެފައިވާއިރު، އެގޮތަށް ޢަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް އިރު، އެކަން އެގޮތަށް ނުކުރާނަމަ ސަރުކާރުން އެވަނީ ގާނޫނު އަސާސީއާއި ޚިލާފްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
21 Nov 2022
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.