އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Feb 2023 | 08:33
މަޖިލީހުގެ އިރުޝާދާއި އެއްގޮތަށް ދައުލަތުން ދަރަނި ދެއްކުމަށް ގޮވާލާ ގަރާރެއް!

ދިވެހި ދައުލަތުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހުށައަޅާފައިވާ ކަންތައްތަކާއި އެއްގޮތަށް ދަރަނި އަދާކުރުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށައަޅައިފި އެވެ. 

މި ގަރާރު ހުށައަޅުއްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެވެ. 

އީވާގެ ގަރާރުގައި ވަނީ އެއީ ދިވެހި ދައުލަތުން ދަރަނިވެރި ވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓްގައި ދައުލަތުގެ ދަރަޖި ރީސްޓްރަކްޗާކޮށް ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އީވާގެ ގަރާރުގައި ވަނީ 2013 އިން 2018 އަށް ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރެގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

2013 ވަަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދިވެހި ދައުލަތުން ދަރަނިވެރި ވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ އިރުޝާދަކަށް އެދި އޮގަސްޓް 10، 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުށައެޅި މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީން ދިރާކޮށް ނިންމި ގޮތުގެ ރިޕޯޓް އޮގަސްޓް 27، 2020 ގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ ރިޕޯޓްގައި އޭރު ދައުލަތުގެ ދަރަނީގެ ހާލަތާއި 2013 އިން 2018 އަށް ދައުލަތް ދަރަނިވެރި ވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި ތިން އަހަރުގެ ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމާއި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ސަރުކާރަށް ލަފާ ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ސަރުކާރުގެ ޚަރަދުތައް ބޮޑުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

އޭގެ އިތުރުން ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވަމުންދާއިރު، ސިޔާސީ މަގާމުތަކަށް ބޮޑު ހޭދައެއް ކުރާ މައްސަލައިގައި އެ މެމްބަރުން ގެންދަވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުން ނެވެ. 

ކޮމެންޓް
ވ
ދަރަނި ުުދައްކާއިންތިހާބުގާތްވާތި މިބަލަނީ ދެރަކޮންވެދްއިމަރާތެއް އަޅާލެވޭތޯ އޭރަށްތަ ފާހަގައެއްއިތުރުވާނި
14 Feb 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.