އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ފޮޓޯ/ މަޖިލިސް
ހަބަރު
13 Feb 2023 | 12:00
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ޝަކުވާ ކޮވިޑަށް ފަހު ނުލިބޭ: ޑރ. ޒާހިރު

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ޝަކުވާތައް ކޮވިޑަށްފަހު ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ފަހަކަށް އައިސް މަދުން ނަމަވެސް މިސްކިތް ތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ތައް ފެންމަތިވަމުންދާ ކަމަށް އެކަންކަން ހައްލު ކުރުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދިޔަ ތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ.

ހައިތަމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ކޮވިޑްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކުގައި ނިދައި އަދި އެތަނުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެގެން ގޮސްފައިވާ ކަމަށެވެ. 

އެހެންނަމަވެސް، މިހާރު، މިސްކިތް ތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައް މިނިސްޓްރީއަށް ހުށަނޭޅޭ ކަމަށާ، މީހުން ނިދާ މައްސަލަތައްވެސް ހުށަހެޅެނީ ވަރަށް މަދުން ކަމަށެވެ. އެގޮތުން މީހުން ނިދާ ކަމަށް މައްސަލަ ހުށަހެޅެނީ މާލޭގައި ދެ ފަންގިފިލާ އަށް ހަދާފައި ހުންނަ މިސްކިތް ތަކުގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

”ކޮވިޑުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދައި، އަދި މަސްތުވާތަކެތި ބޭނުން ކުރާކަމަށް… ދެން އޭގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް މަސްތުވާތަކެތި ބޭނުން ކުރާކަމަށެއް… މިސްކިތުގައި ބޭނުން ކުރާކަމަށާއި އަދި މިސްކިތުގައި ނިދާކަމަށް ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް.. ނަމަވެސް މަދު މަދުން ނަމަވެސް ދެބުރިއަށް ހެދިފައި ހުންނަ ތަންތަނުގައި މީހުން އެތަނުގައި ނިދާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭ“ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި އެކު ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރެވުނު ކަމަށާ، އަދި މިހާރުވެސް އެކަން ހައްލު ކުރުމަށް ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.