މެމްބަރު ހަސަން ލަތީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
13 Feb 2023 | 10:21
ހަސަން ލަތީފު ހުށައެޅި މައްސަލައާއި ދެކޮޅަށް އެމްޑީޕީއިން ވިޕް ނެރުމުން ނުރުހުން ފާޅުކޮށްފި

މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފޮނުވާލާ ގަވައިދު އިސްލާހުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމަށް އޭނާ ތަމްސީލުކުރައްވާ ޕާޓީ އެމްޑީޕީއިން ވިޕްލައިން ނެރުމުން ނުރުހުން ފާޅުކޮށްފި އެވެ. 

ހަސަން ލަތީފު ހުށައެޅުއްވި އެ މައްސަލައަކީ އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ހުއްޓުވުމުގެ ސިޔާސަތާއި ޚިލާފަށް، ސަރުކާރު ޝާމިލުވެ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފައިސޭހައިން ބިރެއް ނެތި އެ ވިޔަފާރިކުރެވޭނެ ގޮތަށް، އަދި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ބައްޓަންކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައިވާކަން ބަޔާންކޮށް ބޮޑެތި ކަންބޮޑުވުންތަކާއެކު ހުޅައެޅުއްވި ކުއްލި މައްސަލައެކެވެ. 

"ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގެ ނަމުގައި ގަވައިދެއް ހަދާފައިވާއިރު، 6 ފެބްރުއަރީގައި ދޯހާ މަގުން ރާއްޖެއަށް އައި 23 އަހަރުގެ އަންހެނެއްގެ ދާގީނާގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން ބެލި ބެލުމުން 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމަށްފަހު އެ ޤަވާއިދުގެ ދަށުން އޭނާ ރައްޖެއިން ބޭރަށް އަނބުރާ ފޮނުވައިލިކަން ކަސްޓަމާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާކަމަށް ހަސަން ލަތީފުގެ މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ. 

މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމާއި އެކަމުގައި އެހީތެރިވެދިނުމަކީ އަދި އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާފައި ވާއިރު، އަދި އެކުށުގެ އަދަބެއްގެ ގޮތުން 18 އަހަރަށް ޖަލަށްލުމާއެކު 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުން ކުށެއްކަމަށް ކަނޑައަޅައި އެކަމަށް އަދަބެއް ބަޔާންކޮށްފައި އޮތް ކަމެއް ނަފީވާ ގޮތަށް ޤަވާއިދެއް ހަދައި ތަންފީޒުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމުގައިނުވާތީ، އެ ޤަވާއިދުގައި ހުރި ޤާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ހަސަން ލަތީފުގެ އެ މައްސަލައިގައި ވަނީ ގޮވާލައްވާފަ އެވެ. 

ހަސަން ލަތީފުގެ އެ މައްސަލަ ބަލައިގަތުމަށް މަޖިލީހުން ނިންމާފައި ވީނަމަވެސް، އެ މައްސަަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ވިޕްލައިން ނެރުނުކަމަށް މައްސަލައިގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީއިން ތްރީލައިން ވިޕެއް ނެރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ވޯޓަށް އެހުމުގެ ކުރިން އަޅުގަނޑު ކަންބޮޑުވި އިއްޒަތްތެރި ރައީސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރެޑްޖެހުމަށް ވިޕްލައިނެއް ނެރެފަ އެބޮތް. އަޅުގަނޑު ހުށައެޅީތީ، އަދި އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ މި މައްސަލަ ބަލައިނުގަތުމަށް ޕާލަމެންޓްރީ ގުރޫޕުން އެ ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގައި އެއްވެސް ކަމެއްގައި ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް އަދި މި ސަރުކާރު ކުރާ ކަންކަމަށް ހިތްވަރު ލިބޭނެ ގޮތަކަށް، ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭނުން ބޭފުޅުންނެއް ނޫން" 

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރު ޝާމިލުވާގޮތަށް މަސްތުވާތަކެތި ވިޔަފާރި ކުރުމަކީ ހުއްދަކަމެއްކަމަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޑްރަގް އެތެރެކުރާ މީހުން އަނބުރާ ފޮނުވާލުމަކީ ދިވެހިރާއްޖެ ބައިވެރިވެރި ވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއިވެސް ޚިލާފުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވަނީ މަޖިލީހުގައި އެ މައްސަލައަށް ބަހުސްކޮށް، މެމްބަރުންގެ ޚިޔާލާއެކު އެ މައްސަލައަށް ހައްލު ހޯދުމަށް ގޮވާލައްވާފަ އެވެ. 

އަދި އޭނާ ހުށައެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލަން އެމްޑީޕީއިން ވިޕްލައިން ނެރުނު ނަމަވެސް، އެކަމަށް ބެއްލެވުމެއް ނެތި މައްސަލަ ބަލައިގަތުމަށް ވޯޓުދިން އެންމެހާ މެމްބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.