އިސްލާމިކު މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ: ފޮޓޯ/މަޖިލިސް
ހަބަރު
13 Feb 2023 | 16:34
ހަށިވިއްކާ ތަންތަން ނުހުއްޓުވާ މައްސަލައިގައި މިނިސްޓަރު މަޖިލީހުގައި ހުންނެވީ ހަނު

ރާއްޖޭގައި ހަށިވިއްކުން އާންމުވެފައިވާ މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައި ހަނު ހުންނަވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ ގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހަށިވިއްކާ ތަންތަން ފުޅާދާއިރާއެއްގައި އޮޕަރޭޓު ކުރަމުންދާއިރު އެކަން ނުހުއްޓުވޭ ސަބަބަކީ ކޮބައިތޯ އިސްލާމިކް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. 
”ދެވަނަ ސުވާލަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި އެބަ، އޮޕަރޭޓު ކުރަމުން ދޭ… މިނިސްޓަރުގެ ނުވަތަ މިނިސްޓްރީގެ ދައުރެއް އޮތީ ބާއޭ.. އެކަންކަން ނުހުއްޓި މިދަނީ..“ ޝިޔާމް ސުވާލު ކުރެއްވިއެވެ. 

ޝިޔާމްގެ އެހެން ތިން ސުވާލަށް ޖަވާބު ދެއްވުމަށް ފަހު، ހަށިވިއްކުމާ ބެހޭ ސުވާލަށް ޒާހިރު އެއްވެސް ޖަވާބެއް ނުދެއްވައި ވާހަކަ ނިންމަވައިލެއްވީ އެވެ.

އެކަމާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ޝިޔާމް ވިދާޅުވީ އޭނާ ދެވަނައަށް ކުރީ އެންމެ މުހިންމު ސުވާލު ކަމަށް ވިދާޅު އެ ސުވާލު ތަކުރާރު ކުރެއްވި އެވެ. 

”ދެވަނަ ސުވާލަކީ އެންމެ މުހިންމު ސުވާލު.. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ތަންތަން އޮޕަރޭޓުވާ ވާހަކައާއި.. މިނިސްޓަރުގެ ނުވަތަ މިނިސްޓަރުގެ ދައުރެއް އެކަމުގައި އޮތީ ތޯ… އެކަންތައް ނުހުއްޓިގެން މި އުޅެނީ.. މި ސުވާލަށް ޖަވާބު ދެއްވިއްޔާ ވަރަށް ރަނގަޅު“ ޝިޔާމް ވިދާޅުވި އެވެ. 

ނަމަވެސް އެ އަށް ވެސް ޑރ. ޒާހިރު ޖަވާބެއް ނުދެއްވި އެވެ.

ރާއްޖޭގައި މަސާޖު ޕާލަރު ތަކުގެ ނަމުގައި ހުޅުވާފައި ހުންނަ ގިނަ ތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ހަށިވިއްކާ އަންހެނުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރު ކުރެ އެވެ. 

ނަމަވެސް އެ މައްސަލާގައި ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް ޚާއްޞަ ކޮށް އަދާލަތުޕާޓީއަށް އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.