އަފީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Feb 2023 | 12:05
މަސްތުވާތަކެތި އެތެރެކުރާ މީހުން ދޫކޮށްލަން ގަވައިދު ހެދިއިރު ބަންޑާރަ ނައިބު ކޮބައިތޯ: އަފީފު

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޭރު މީހުން ދޫކޮށްލެވޭ ގަވައިދެއް ހަދާ، އެ ގަވައިދު ގެޒެޓުކުރި އިރު ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ކޮބައިތޯ އައްސަވާ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ސުވާލުކުރައްވައިފި އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިލެވޭ ގޮތަށް ހަދާފައިވާ ޤަވާއިދު އިސްލާހުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަން ފައްޓަވަމުން އެންމެ ފުރަތަމަވެސް މެމްބަރު ހަސަން އަފީފު ވަނީ އެވަރުގެ ނުރައްކާތެރި ގަވައިދެއް ހެދިއިރު ސަރުކާރަށް ލަފާ ދެއްވާ ގާނޫނީ ވަކީލު ކޮބައިތޯ ސުވާލުކުރައްވާފަ އެވެ. 

އަފީފު ވިދާޅުވީ އެފަދަ ގަވައިދެއް އެކުލަވާލުމުގެ ކުރިން އެ މައްސަލަ ދައުލަތުގެ ބަންޑާރަ ނައިބަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ގަވައިދު އެކުލަވާލުމުގެ ކުރިން ބަންޑާރަ ނައިބުގެ ލަފާފުޅެއްވެސް ހޯއްދަވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ގަވައިދު އެކުލަވާލުމުގައި އޭޖީގެ ދައުރު އޮތީ ކިހާ ހިސާބެއްގައި ތޯ ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ދޫކޮށްލާ ގަވައިދެއް މިއޮތީ ހަދާފަ، މި ގަވައިދުހަދާ ގެޒެޓު ކުރިއިރުގައި އަޅުގަނޑު ހިތަށް އަރާ ކޮބައިބާއޭ ސަރުކާރަށް ލަފާދޭ ގާނޫނީ ވަކީލު؟ ދިވެހި ދައުލަތުގެ އެޓާނީ ޖެނެރަލް؟ ހަމަޔަގީނުންވެސް އޭޖީއަށް މި މައްސަލަ ފޮނުވަން ޖެހޭނެ. އޭނަގެ ލަފާ ހޯދަން ޖެހޭނެ މިފަދަ ގަވައިދެއް އެކުލަވާލާއިރު. އެހެންވީމަ މި ގަވައިދު އެކުލަވާލިއިރު ކޮބައިތޯ އަޅުގަނޑު ހިތަށް މި އަރަނީ އޭޖީ؟ ކޮންތާކުތޯ ހުންނެވީ؟"

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު 

އަފީފު ވިދާޅުވީ މި މައްސަލައަކީ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމަށެވެ. ދިވެހިރާއްޖެ "ޑްރަގް ކާޓެއިލް" އަކަށް ވެގެންދާން ދޫކޮށްލައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

މިފަދަ ގަވައިދެއްގެ ސަބަބުން ޑްރަގާއި ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުން ރާއްޖެއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެ އެކިވަރުގެ ފިއްތުންތައް ކުރިމަތިވާނެކަން ފާހަގަކުރައްވާ އަފީފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އަދި އެފަދަ ހައްސާސް މައްސަލައެއް މަޖިލީހަށް ހުށައެޅުއްވުމުން، އެ މައްސަލަ ބޭރުކޮށްލުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވިލްލައިން ނެރުނީތީ ލަދުގަންނަ ކަމަށާއި، އެމްޑީޕީ ޕީޖީ ލީޑަޝިޕްގެ އެ އަމަލު ކުށްވެރިކުރާކަމަށް އަފީފު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.