ހަސަން އަފީފު
22 Aug 2023
ނަން އިއްވުމުންވެސް މަޖިލީހުން ނުކުންނަވަން ދެކޮޅު ހައްދަވައިފި!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވުމުން އޭނާ ޖަލްސާ ދޫކޮށް ވަޑައިގަންނަވަން ދެކޮޅު ހައްދަވައިފި އެވެ.
19 Jun 2023
ރައީސް ޞާލިޙް މެންބަރު އަފީފާއި ބައްދަލުކުރެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބައްލަވަމުން ގެންދަވާ، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.
29 May 2023
"ތި އިންނެވީ ރިޔާސަތު ފޭރިގެން؛ ތިތާ ތި އިންނަވަނީ ގަވާއިދާ ޚިލާފަށް!"
މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވަނި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާ، އަފީފް އިންނެވީ ރިޔާސަތު ފޭރިގެން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
24 May 2023
ރައީސްއާއި ނައިބުރައީސް ތިއްބަވާ، ރިޔާސަތު އަފީފާއި ހަވާލުކުރުމުން ފާޑުކިޔައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަޖިލީސް ކުރާ ގޭގެ ގޯތިތެރޭގައި ތިއްބެވުމަށްފަހު މަގުބޫލު އެއްވެސް އުޒުރެއް ހާމަނުކޮށް ރިޔާސަތު ބެލެހެއްޓުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއު ހަވާލުކުރުމުން އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށް، ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.
24 Apr 2023
"ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސްއަށް ލިބިގެނެއް ނުވޭ"
ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާ ކަމަށާއި އެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖްލީހަށް ކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
08 Mar 2023
ރަޝީދު އާއި އަފީފު ބޭނުންވަނީ އެންޑީޕީން ވަކިވާން
މިހާރު އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތުން ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށް އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ.
27 Feb 2023
"މިއީ ޓެކްނޮލޮޖީގެ މައްސަލައެއް ނޫން؛ މިއީ ބޭންކް މުވައްޒަފުން ހިންގާ ޖަރީމާއެއް"
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެކަސްޓަމަރުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދަނީ ޓެކްނޮލޮޖީގެ މައްސަލަ އަކުން ނޫން ކަމަށާ، އެއީ އެ ބޭންކުގެ މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
13 Feb 2023
"މަސްތުވާތަކެތި އެތެރެކުރާ މީހުން ދޫކޮށްލަން ގަވައިދު ހެދިއިރު ބަންޑާރަ ނައިބު ކޮބައިތޯ"
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޭރު މީހުން ދޫކޮށްލެވޭ ގަވައިދެއް ހަދާ، އެ ގަވައިދު ގެޒެޓުކުރި އިރު ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ކޮބައިތޯ އައްސަވާ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ސުވާލުކުރައްވައިފި އެވެ.