ހަސަން އަފީފް/ ފޮޓޯ: މަޖިލިސް
ހަބަރު
06 Feb 2024 | 11:01
ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ގަވާއިދާ ޚިލާފްވާ ވަޒީރުންނަށް ފިޔަވަޅު އަޅަންޖެހޭ: އަފީފު

ދިވެހިރާއްޖެއަށް ބޭރުގެ މަސައްކަތްތެރީން ގެނައުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާ ޚިލާފުވާ ވަޒީރުންނަށާއި މިނިސްޓްރީ ތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ހަސަން އަފީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ނުވަތަ ދައުލަތުގެ ތިން ބާރުން، ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ގޮވާލާއި ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ހަސަން އަފީފް ވިދާޅުވީ ޤާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ މިނިސްޓްރީތަކަށް، އެކަންތައްތައް ރަނގަޅަށް ސާފުކޮށްދެން ޖެހޭ ކަމަށާއި، އަދި ޤާނޫނާއި އެއްގޮތަށް އެ ކަންތައްތައް ނުކުރާ ކަމަށްވަނީނަމަ އެ ވަޒީރެއްގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށައަޅާ އެ މަޤާމަކުން ދުރުކުރުވަން ޖެހޭކަމަށެވެ. 

"ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައި ބިދޭސީން އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ގެނެވޭނެކަމަށް ބުނެފައިވަނީ އެއްލައްކަ މީހުން. ނަމަވެސް ހަމަ ސަރުކާރުގެ ތަފާސްހިސާބުތަކުގައި އެބަ ދައްކާ ވަކި ޤައުމަކަށް ނިސްބަތްވާ 139000 (ސަތޭކަ ތިރީސް ނުވަ ހާސް) މީހުން މިހާރުވެސް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަމަށް. އެހެން އޮއްވާ، ޤާނޫނާ ޚިލާފަށް އަނެއްކާ އެޤައުމުން އިތުރަށް މަސައްކަތްތެރީން ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދިނުމަކީ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް ކުރާ ކަމެއް." 

ހަސަން އަފީފު

މީގެ އިތުރުންވެސް ހަސަން އަފީފް ވަނީ، މިސަރުކާރުގެ އާކޮޅުގައި ޤާނޫނާ ޚިލާފުވާކަމުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ދުވަސްވަމުންދާ ވަރަކަށް، ފަހުކޮޅަށް ގޮސް ކިހިނެއްވާނެތޯ އާއި އަދި ކިހާވަރަކަށް ޤާނޫނާ ޚިލާފުވާނެތޯ ސުވާލު އުފައްދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.