މެންބަރު އީވާ އަބްދުﷲ، ހަސަން އަފީފު އަދި އިލްޔާސް ލަބީބު-- ފޮޓޯ/މަޖިލިސް
ހަބަރު
18 Dec 2023 | 14:25
އަޒުލު ކުރަން ފަސޭހަ އިސްލާހާ ދެކޮޅަށް ޑިމޮކްރެޓުން: އެކަން ކުރަން އުޅެނީ ގާނޫނު އަސާސީއާ ޚިލާފަށް!

އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް، ދަ ޑިމޮކްރެޓްސްގެ މެންބަރުން ތެދުވެއްޖެއެވެ. 

އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރެވޭފަދަ ގޮތަށް މަގުފަހިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ހުށަހެޅިފައިވާ މައްސަލަ އަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމުހޫރިއްޔާ ވެސް ޢަމަލު ކުރައްވަން ޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުންގެ އަދަދާއި މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގަވާއިދަކަށް ގެންނަ ބަދަލަކުން އެފަދަ ނިންމުމެއް ނިންމިދާނެ ކަމަށް ދެކުމަކީ ގާނޫނުއަސާސީއާ މުޅިން ތައާރަޒުވުން ކަމަށް އަފީފް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިތާ ތިބެފައި، ގަވާއިދަށް ބަދަލެއް ގެނެސްގެން މިކަން ބަދަލު ކުރެވޭނެ ކަމަށް، އަޅުގަނޑުމެން ބެލުމަކީ މިގާނޫނު އަސާސީއާ ތައާރަޒުވާ ގޮތުގައި އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަޅުގަނޑު ކުރިންވެސް ދެންނެވިހެން މި ރައްޔިތުންގެ މަޖިލީހުން ވެސް ކަމެއް ކުރަން ވާނީ ގާނޫނުއަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް. އެއާ ހިލާފަށް އެއްވެސް ކަމެއް ނުހިންގޭނެ. މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހެއް ވެސް ގެންނަން ޖެހޭނީ ގާނޫނުއަސާސީ ހިލާފު ނުވާ ގޮތެއްގެ މަތީން،" 

މެންބަރު ހަސަން އަފީފު 

އަފީފު ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ އަގުލަބިއްޔަތު މަޖިލީހުގައި އޮތުމުން ގާނޫނު އަސާސީއާއި ވެސް ޚިލާފަށް ގަވާއިދުތައް ފާސްކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ކަން ކުރަންވީ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަފީފުގެ އިތުރުން މި މައްސަލާގައި ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި މަޖިލީހުން ގޮތެއް ނިންމާއިރު، އެ ނިންމުން ސައްހަ ވަނީ ކޮންގޮތަކަށްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

"މަޖިލީހުން ނިންމާ ނިންމުމުގައި ލީގަލް އޮތޯރިޓީއެއް، ނޫންނަމަ، މި މަޢުލޫގައި ކޮންސްޓިޓިއުޝަނަލް އޮތޯރިޓީއެއް އޮންނަންޖެހޭ. އަދި އަޅުގަނޑު ދެކޭގޮތުގައި މަޖިލީހުން ނިންމާ ނިންމުން ތަކުގައި ޕަބްލިކް ޓްރަސްޓް ވެސް މުހިންމު. މާނަ އަކީ މޯރަލް އޮތޯރިޓީއެއް އޮންނަން ޖެހެއޭ. އެ ދެ ކަންތައް ނެތިއްޔާ މަޖިލީހުން ނިންމާ ނިންމުންތައް ހަރުލާ ގޮތެއް ނުހުންނާނެ. 

އީވާ އަބްދުالله 

އީވާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ގާނޫނު އަސާސީއަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މަޖިލިސް އިންތިޚާބުގެ ކުރިން، ގާނޫނު އަސާސީ އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅައި ނިންމާ ކަމަށެވެ. 

"ކޯރަމްގެ ބޭނުމަކަށްޓަކައި ރައްޔިތުން މަޖިލީހުގެ އަދަދު އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޯރަމް ކުޑަ ކުރެވިދާނެ އެހެން ގޮތް ގޮތުން. މިސާލަކަށް މަޖިލިސް ފެށުމުގެ އަދަދަކީ 28އޭ. ނުވަތަ ވޯޓިން އަދަދަކީ މިވެނި އަދަދެކޭ. އެ އަދަދު ބަދަލު ކުރެވިދާނެ. އެކަމަކު މުޅި މަޖިލީހުގެ އަދަދު އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" 

އީވާ އަބްދުالله 

އީވާ އާއި އަފީފުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްވެސް ވަނީ މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއްކަން ފާހަގަކުރައްވާފައެވެ.

އަދި ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކުރުމަށްފަހު ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދަށް މިހާރު އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަކީ ފާސްކުރުން ރަނގަޅު އިސްލާހުތަކެއް ނޫން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.