ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު: ފޮޓޯ/ މަޖިލިސް
ހަބަރު
27 Feb 2023 | 14:16
މިއީ ޓެކްނޮލޮޖީގެ މައްސަލައެއް ނޫން؛ މިއީ ބޭންކް މުވައްޒަފުން ހިންގާ ޖަރީމާއެއް: އަފީފު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެކަސްޓަމަރުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދަނީ ޓެކްނޮލޮޖީގެ މައްސަލަ އަކުން ނޫން ކަމަށާ، އެއީ އެ ބޭންކުގެ މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ. 

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓު ތަކުން ފައިސާ ގެއްލޭތީ މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ، އެފަދަ މައްސަލަތައް ހިނގާ ކަމުގެ އަޑު އަބަދުވެސް އިވޭ ކަމަށާ، އެހެން ނަމަވެސް އެ މައްސަލަ ހައްލު ނުވާ ކަމަށެވެ. 

އަފީފް ވިދާޅުވީ، ޓެކްނޮލޮޖީގެ މި ޒަމާނުގައި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުމަކީ އެފަދަ ސްކޭމްތައް ހުއްޓުވުން ކަމަށާ، އެއީ އެކަންކަން ކުރުމަށް މަގުފަހި ކޮށްދިނުމަށް ހުރި ވަސީލަތްތަކެއް ނޫން ކަމަށެވެ. އަދި ބޭންކް ސްކޭމް ތަކަކީ ޓެކްނޮލޮޖީގެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާ، އެހެނެއް ކަމަކު އެއީ ބޭންކު މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ ޓެކްނޮލޮޖީގެ މައްސަލައެއް ކަމަކަށް. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އެތާ (ބީއެމްއެލް) ގައި ތިބޭ މުވައްޒަފުންގެ މައްސަލަ އެއް ކަމަށް. އެމީހުން ބައިވެރިވެގެން ހިންގޭ ޖަރީމާއެއް ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ. 

މެންބަރު ހަސަން އަފީފު 

އަފީފް ވިދާޅުވީ ބޭންކަށް މީހުން ފައިސާ ލަނީ ފައިސާ ރައްކާތެރި ކުރަން ކަމަށާ، އެ ފައިސާ ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަށް ބޭންކުން އެއްބަސްވާ ކަމަށެވެ. އެހެންކަމުން، ފައިސާގެ ވެރިފަރާތަށް ނޭނގި، އެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ވަދެގެންދާ ދިޔުމަކީ ބޭންކުގެ މައްސަލައެއް ކަމަށާ، އެކަމުގެ ޒިންމާ ބޭންކުން ނަގަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކަންމިހެން ހުރި ނަމަވެސް، ބޭންކުން ފައިސާ ގެއްލޭ މައްސަލަތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު، އެ ފައިސާގެ ވެރިފަރާތަށް ހޯދައިދެވޭތަން ނުފެންނައިރު، އެފަދަ މައްސަލަތައް ހައްލުކުރަން ބީއެމްއެލް އިން މަސައްކަތް ކުރާތަން ނުފެންނަ ކަމަށްވެސް އަފީފު ވިދާޅުވި އެވެ. 

އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ، ބޭންކިންގެ ގާނޫނަށް ބަދަލެއް ގެނެސްގެން ނަމަވެސް، އަދި އެމްއެމްއޭގެ ގާނޫނަށް ބަދަލެއް ގެނެސްގެން ނަމަވެސް، ބޭންކުގައި ބަހައްޓާ ފައިސާ އަކީ ބޭންކުން ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް، އަދި ގެއްލިއްޖެއްޔާ އޭގެ ޒިންމާ ފުރިހަމައަށް ބޭންކުން ނަގަންޖެހޭނެ ކަމަށް ގާނޫނު ބަދަލުކޮށްގެން ނަމަވެސް، ރައްޔިތުން އެތަނުގައި ބަހައްޓާ ފައިސާ، ރައްކާތެރި ކަމާއިއެކު ބެލެހެއްޓޭނެ ގޮތެއް ހޯދައިދޭން. 

މެންބަރު ހަސަން އަފީފު 

މިއާއެކު އަފީފު ވަނީ، ބޭންކުގައި ފައިސާ ބަހައްޓަނީ ރައްކާތެރި ކަމާއި އެކު ބަހައްޓަން ކަމަށާ، އެއީ ގެއްލޭ ގޮތަށް ބެހެއްޓުމަށް ކުރާ ކަމެއް ނޫން ކަން ތަކުރާރު ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ދުވަހެއް ދުވަހަކަށް އިތުރުވާއިރު، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ަލިފުޅުބެ
އެހެން ބޭންކްތަކަށްލާ ފައިސާ ނުގެއްލެނީ ކީއްވެބާ!!!!!
27 Feb 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.