ހަސަން އަފީފު މަޖިލީހުގެ ރިޔާސަތުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2023 | 09:43
ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު މެދު ސުވާލު އުފައްދައި މަޖިލީސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ހުށައަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ކަނޑައަޅައި، ގަރާރު ބޭރުކޮށް މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ. 

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހެއްޓެވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމުގެ މައްސަލައިގެ އެޖެންޑާ މިއަދު ފެށުމާއެކު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ނަޝީދު ވަކިކުރަން ހުށައަޅާފައިވާ ގަރާރަކީ މަޖިލީސް ގަވައިދުގައި ބަޔާންކުރާ ގޮތަށް ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން މަޖިލީހަށް ގަރާރެއް ހުށައަޅާއިރު ދީބާޖާއެއް އޮންނަން ޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ނަޝީދު ވަކިކކުރަން ހުށައަޅާފައިވާ ގަރާރުގައި ދިބާޖާއެއް ނެތްކަމަށާއި، އެ މައްސަލައަކީ ސިޓީއަކުން ހުށައަޅާފައިވާ މައްސަލައެއްކަމަށް އާޒިމް ވިދާޅުވި އެވެ. 

އެހެންކަމުން އެ ގަރާރު އިސްލާހުނުކޮށް ކުރިއަށް ނުގެންދެވޭނެކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ ގަރާރަކީ ގަވައިދާއި ޚިލާފަށް ހުށައަޅާފައިވާ ގަރާރެއްކަމަށް ރިޔާސަތުން ކަނޑައަޅައި ގަވައިދުތައް ނެގެހެއްޓުމަށް އާޒިމް ރިޔާސަތަކަށް ގޮވާލެއްވިއެވެ. 

އާޒިމްގެ އެ ވާހަކަތަކަށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ އެއްބަސްވެލައްވާފައެވެ. އަދި ގަރާރު ކުރިއަށް ނުގެންދެވޭނެކަމަށް އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގައި ގޮވާލާފައެވެ. 

އެއާއެކު މަޖިލީސް ހޫނުވެގެންވެސް ދިޔައެވެ. އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދިޔައީ، އެ މައްސަލަ އެޖެންޑާ ކުރީ ބަލަންވީ ވަރަށް ބަލާ ގަރާރުގައި ފުރިހަމަވާން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވެފައި އޮތުމުން ކަމަށެވެ.

ނަޝީދު ވަކިކުރާ މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައަޅާފައިވަނީ އާންމު ހާލަތްތަކުގައި ހުށައަޅާފަދަ ގަރާރެއް ނޫންކަމަށާއި، އެ ގަރާރު މިހާރު ހުށައަޅާފައި އޮތްގޮތަށް ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. 

ރިޔާސަތުން ޖަލްސާ ކުރިއަށް ގެންގޮސްދެއްވުމަށާއި، މަޖިލީހުގެ އަގުލަބިއްޔަތު މެމްބަރުންގެ އިތުބާރު ނެތް ބޭފުޅަކު ރިޔާސަތުން ވަކިކުރުމަކީ މަޖިލީހުގެ އަގުލަބިއްޔަތަށް ލިބޭ ހައްގެއްކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ފާހަގަކުރެއްވި އެވެ. 

އެއާއެކު މިއަދުގެ ޖަލްސާގައި ދެ ފަރާތުންވެސް ނިޒާމީ ނިކުތާތައް ނަންގަވައި ހޫނު ބަހުސެއް ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް ބޭއަދަބީ ބަސްތަކުން ރިޔާސަތަށް މުޚާތަބުކުރައްވާފަ އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލައަކީ މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަން އިންނެވި އަފީފުގެ މަސްލަހަތު އޮތް ކަމަކަށްވުމުން ގަސްދުގައި އެ މައްސަލަ ކުރިއަށް ނުގަންދަވަނީކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފަ އެވެ. 

ނިޒާމީ ނުކުތާތަކަށް ގިނަ ފުރުސަތުތަކެއް ދެއްވުމަށްފަހު އަފީފު ވިދާޅުވީ އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަ ނިންމަވާ ކުރި ހުކުމާއެކު މަޖިލީހުން މީގެކުރިން އަމަލުކުރަމުން އައިސްފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. 

އެހެންކަމުން، ނަޝީދު ވަކިކުރަން ކުށައަޅާފައިވާ މައްސަލައިގެ ގަރާރަކީ ގާނޫނާއި ޚިލާފު ގަރާރެއްކަމަށާއި، އެ ގަރާރު ބަލައިނުގަނެވޭނެކަކަމަށް ކަނޑައަޅާކަމަށް އަފީފު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ ގަރާރު މަޖިލީހުން ބޭރުކޮށް، މިއަދުގެ ޖަލްސާ ވެސް ކުރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.