ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލިސް ރިޔާސަތުގައި؛ އަފީފް ރިޔާސަތުގައި އިންނަވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ފަހަކަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން އަންނަނީ ބުނަމުން-- ފޮޓޯ/ މަޖިލިސް
ހަބަރު
29 May 2023 | 17:45
ޝިފާއު، އަފީފަށް: ތި އިންނެވީ ރިޔާސަތު ފޭރިގެން؛ ތިތާ ތި އިންނަވަނީ ގަވާއިދާ ޚިލާފަށް!

މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާ، އަފީފް ވަނީ ރިޔާސަތު ފޭރިގެންފައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

19 ވަނަ މަޖިލީހުގެ ފުރަތަަމަ ޖަލްސާގައި މަޖިލީހުގެ ރައީސާއި، ނާއިބު ރައީސް ހޮވާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ 7 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ  މަތިން، މެދު ނުކެނޑި މަޖިލީހަށް އެންމެ ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި މެންބަރު ކަމަށްވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކަމަށެވެ. 

އަޅުގަނޑުމެން މިހާރު އަމަލުކުރަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ، 44 މާއްދާގެ (ހ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ނެތް ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ ގޮތާއި ގުޅޭގޮތުން. އެ މާއްދާގައިވެސް އޮންނާނީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރިޔާސަތު މިގޮތަށް ކަނޑައަޅާއިރުގައި، މަޖިލީހުގައި މެދުނުކެނޑި، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި މެންބަރުންގެ ތެރެއިންނޭ 5 މެންބަރުން ކަނޑައަޅާނީ. 

މެންބަރު މުހައްމަދު ޝިފާއު

ޝިފާއު ވިދާޅުވީ މެދު ނުކެނޑި އެންމެ ގިނަ ދުވަހު މަޖިލީހަށް ޚިދުމަތް ކުރެއްވީ، މީދޫ ދާއިރާގެ މެންބަރު ސިޔާމް ކަމަށެވެ. އެހެންކަމުން، މެންބަރު ހަސަން އަފީފު އެ މަގާމުގައި އިންނެވީ ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް ކަމަށް ޝިފާއު ވިދާޅުވި އެވެ. 

"ކަނޑެއް ނޫން ފޭރިގެން މިއުޅެނީ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ފޭރިގެން މިއުޅެނީ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ފޭރިގެން ތި އިންނަވަނީ އިއްޒަތްތެރި މެންބަރު ހަސަން އަފީފުކަން އަޅުގަނޑު ފާހަގަކޮށްލަން. ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާއި ޚިލާފަށް." 

މެންބަރު މުހައްމަދު ޝިފާއު

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް 

ޝިފާއުގެ އެ ވާހަކަ އާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ހަސަން އަފީފް ވަނީ، އޭނާ ރިޔާސަތުގައި އެ އިންނަވަނީ، "އަމިއްލައަކުން ނޫން،" ކަމަށާ، އެތަނުގައި އިންނަވަނީ އޭނާ އާއި ހަވާލުކުރެއްވީމާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑާއި ދިމާއަށް ތިހިން ނުދެންނެވޭނެ. ދެން އިއްޒަތްތެރި މެންބަރު އަޅުގަނޑު މިތާނގައި އިންނަން ހިތްހަމަ ނުޖެހޭ ނަމަ، މަޖިލިސްގެ ރައީސް އަށް ހުށަހަޅުއްވާ. ކީއްވެތޯ މަޖިލިސްގެ ރައީސްއަށް ތި މައްސަލަ ހުށަހަޅަން ކެރިވަޑައި ނުގަންނަވައިގެން ތިއުޅުއްވަނީ." 

މެންބަރު ހަސަން އަފީފު

އެއާއެކު ޝިފާއު ވަނީ އަފީފުވެސް އެމަގާމުގައި އިންނެވީ ގާނޫނާއި ޚިލާފަށްކަން އަފީފް ގަބޫލުކުރައްވާތޯ ސުވާލުކުރައްވާފައެވެ. 

ރައްދުގައި އަފީފް ވަނީ، އެވާހަކަ މީގެ ކުރިންވެސް ޝިފާއު ދައްކަވާފައިވާ ކަމަށާ، ދެންވެސް ދައްކަވަން ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅިފައިވާ ބިލާއި ގުޅިގެން ވާހަކަދައްކަވަން ދެވިފައިވާ ފުރުސަތުގައި ބިލުގެ ވާހަކަ ދައްކަވަމުން، ރިޔާސަތުގައި އިންނަވާ ބޭފުޅާގެ މައްސަލައިގެ ވާހަކަދެއްކެވުމަށްވެސް އަފީފް ވަނީ އެދިލައްވާފައެވެ. 

އެފަދައިން އެދިލެއްވުމުން ވެސް، ޝިފާއު ވަނީ ބިލާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައި، އަފީފުވެސް މަޖިލީހުގެ ގަވާއިދަށް ބޯލަނބަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަ ކުރިއަށް ގެންދަވަން ފަށާފައެވެ. އެހެންކަމުން، އަފީފު ވަނީ ޝިފާއުގެ މައިކު ކަނޑާލައި، ވާހަކަ ދެއްކުމުގެ ފުރުސަތު އެހެން މެންބަރަކަށް ދެއްވާފައެވެ. 

މަޖިލީހުގެ ގަވާއިދުގައި އެފަދައިން ވާއިރު، 19 ވަނަ މަޖިލިސް ފެށިގެން، މިއަދާއި ހަމައަށްވެސް، މަޖިލިސް ރައީސް ނުވަތަ ނާއިބު ރައީސް ނެތް ހާލަތެއްގައި މެންބަރު އަފީފް ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާފައިވާއިރު، ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެންބަރުން އެވާހަކަ ދައްކަވާފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެ މެންބަރުން ފަހަކަށް އައިސް އެވާހަކަ ދައްކަވަން ފަށާފައި މިވަނީ، މެންބަރު އަފީފު އެމްޑީޕީން ކެނޑި، ފިކުރެއްގެ ދިރުން ފެކްޝަނުގެ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންނެވިފަހުންކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. އަދި މަޖިލީހުގެ ރިޔާސަތު ހައްގު ކަމަށް ޝިފާއު ވިދާޅުވި، މެންބަރު ސިޔާމް އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެންބަރެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.