މެންބަރު އަފީފާއި އިބްރާހިމް ރަޝީދު--
ހަބަރު
08 Mar 2023 | 16:12
އިބްރާހިމް ރަޝީދު އާއި އަފީފު ބޭނުންވަނީ އެންޑީޕީން ވަކިވާން ކަމަށް ބުނެފި

މިހާރު އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތުން ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށް އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ފުލުހުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެގާނޫނުގެ 17 ވަނަ މާއްދާގައި ލާޒިމުކަމެއްގެ ގޮތުގައި ހިމަނާފައިވާ ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންގެ "ބެކްގްރައުންޑް ޗެކްކުރުން" އެއީ އިޚުތިޔާރީ ކަމަކަށް ބަދަލުވާ ގޮތަށް، އެ މާއްދާގެ އިބާރާތް ބަދަލުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ ދެވަނަ ކަމަކީ ފުލުހުންގެ ގާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށް އަމަލުކުރަން ފެށުން އަންނަ އަހަރުގެ މާޗްމަހާ ހަމައަށް ފަސްކުރުމެވެ.

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެ ބިލުގައި އެމްޑީޕީގެ ސްޓޭންޑެއް ނެތް ކަމަށެވެ.

”އެމްޑީޕީގެ ސްޓޭންޑަޑެއް މީގަ ނެތް. ދެން އެމްޑީޕީގެ ލޯގޯގައި ވެސް އިންސާފު ގާއިމުކުރަނީ, އިންސާފު ސިފަކޮށްދެނީ، އެކަމަކު އެ އިންސާފާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ނެތް ތަނެއް.“

މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

މި ސަބަބު ތަކާއި ހުރެ ޕާޓީގެ ސްޓޭންޑަޑް އަނބުރާ ރުޖޫއަވީމާ ޕާޓީއަށް އަލުން ވަދެވަޑައިގަންނަވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދާ ސީރިއަސްކޮށް މަޝްވަރާ ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމުގައި ބޮންޑޭ ވިދާޅުވި އެވެ. 

"އެ ސްޓޭންޑަޑަށް އަނބުރާ ރުޖޫއަވީމަ ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ހަމަ ރައީސްއަާ ސީރިއަސްކޮށް މަޝްވަރާކުރަން. ދެން އަޅުގަނޑު ހުންނާނީ ދުރުގައި. ފިކުރެއްގެ ދިރުން އެއީ ކޮންމެހެނެއް ސޮއިކުރަން ޖެހޭ އެއްޗެއް ނޫން،" 

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އޭނާގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ވަރި ކައިވެންޏާ ގުޅޭ ގޮތުން އެކި މެންބަރުން މަޝްވަރާ ކުރައްވާ ކަމަށެވެ.

ފުލުހުންގެ އެ ބިލާއި މެދު ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުން މެންބަރު އަފީފް ވަނީ އެ ބިލު މިހާރު ވައްދައިގެން އުޅޭ މަގްސަދާ މެދު ސުވާލު އުފައްދަވާފައެވެ. އަދި އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށާ، ވިޕާ ހިލާފަށް ވޯޓު ނުދީގެން ފިޔަވަޅު އެޅިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް ރަނގަޅީ ތި ޕާލިމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" 

މެންބަރު ހަސަން އަފީފް

މިހާރު ފުލުހުންގެ ގާނޫނޫގައި އޮންނަ ގޮތުން ފުލުހަށް އަލަށް ވައްދާ މީހުންނަކީ ސަލާމަތީ ހިދުމަތްތަކުގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ބައެއްތޯ ބަލަން އެ މީހުންގެ ބެކުގްރައުންޑް ޗެކް ކުރުމުގައި ބައެއް ކަންކަން ކުރަން ޖެހެއެވެ.

ކޮމެންޓް
މުރައްބީ
ކާކު ބުނެގެން އެމްޑީޕީގައި ތިތިބީ‏‏؟ ކަލޭމެންގެ ދެމީހުންގެ ސަބަބުން ޕާޓީއަށް ވަނީ ނޮހޮރޮއްޕާނަކަށް. ތީމިހާރު ކުނިމުދާ
08 Mar 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.