ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު: ފޮޓޯ/ މަޖިލިސް
ހަބަރު
24 Apr 2023 | 16:25
ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސްއަށް ލިބިގެނެއް ނުވޭ: އަފީފު

ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާ ކަމަށާއި އެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު މިހެން ވިދާޅުވެފައިވަނީ މިއަަދުގެ ރައްޔިތުން މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަމުންނެވެ. 

އެގޮތުން ފޯޅަވެއްސާ އެންމެ ކައިރީގައި އޮތް ގައުމަކީ ރާއްޖެކަން ފާހަގަކޮށް ފޯޅަވައްސާއި ރާއްޖޭއައި ދޭތެރޭ އޮތް މަސް ކަނޑަކީ ވަރަށް ގިނައިން މަސް ބާނަ އަދި ވަރަށް ގިނަ މަސް އުޅޭ ތަނެއް ކަމަށް އަފީފު ވިދާޅުވިއެވެ. އަދި އެތަނަށް ފާރަލައިގެން ވަރަށް ގިނަ މަސް ގަންނަ ކުންފުނިތައް ތިބި ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

މިއާއިއެކު މޮރިޝަސް އަކީ އަބަދުވެސް އެމީހުންގެ މަސް ކަނޑުތައް ކުންފުނިތަކަށް ވިއްކާލައިގެން ފައިސާ ނަގާ ބައެއް ކަމަށާއި، މި ކުންފުނި ތަކުގެ އެހީގައި އެ ގައުމު އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މި މަސް ކަނޑު އެމީހުންގެ ސަރަހައްދުގެ ގޮތުގައި ހެދުމަށް ކަމަށް އަފީފު ވިދާޅުވިއެވެ.

އެގޮތުން ފޯޅަވަހީގައި އެމެރިކާގެ މިލިޓަރީ ބޭސްއެއް ގާއިމު ކުރުމުގެ ގޮތުން އެތާ އުޅުނު މީހުން އިނގެރޭސިންގެ އިސްތިއުމާރީ ބާރު ގެ ފަރާތުން މޮރިޝަސް އަށް ގެންދިޔަ ނަމަވެސް އެއީ މޮރިޝަސް މީހުންނެއް ނޫން ކަމަށް އަފީފު ވިދާޅުވިއެވެ.

"އެހެންވީމަ މޮރިޝަސް އަކަށް ނެތް ފޯޅަވައްސަށް ދައުވާ ކުރުމުގެ ސިޔާދަތެއް ދައުވާ ކުރުމުގެ ހައްގެއް ވަކި އަޅުގަނޑުމެންނަށް ނެތް ހައްގެއް." އަފީފު ވިދާޅުވިއެވެ.

އެހެންވީމާ އުފެދިގެން އުޅޭ މައްސަލައަކީ ދިވެހިރާއްޖެއަށް ލިބެންއޮތް ހައްގެއް ރައްޔިތުން މަޖްލީހުގެ އެއްވެސް ބަހެއް ނެތި ގާނޫނު އަސާސީގައި ބުނާގޮތާއި ހިލާފަށް ރާއްޖޭގެ ސިޔާސަދު މޮރިޝަސް އަށް ދޫކޮށްލި ދޫކޮށްލުން ކަމަށް އަފީފު ވިދާޅުވިއެވެ.

ކީއްވެގެންތޯ އަޅުގަނޑުމެން މިކަންތައް ދޫކޮށްލީ. އެއީ އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް ލިބިގެންވާ ބާރެއް ނޫން. އެއީ އެއްވެސް ގޮތަކަށް ހާރިޖީ ސިޔާސަތު ކަނަޑައެޅުމުގެ ތެރޭގައި އަންނަ ކަމެއް ނޫން. ދިވެހިރާއްޖެ ސަރަހައްދު ކަނަޑައެޅުމަކީ އަދި ސަރަހައދުން ބައެއް ދޫކޮށްލުމަކީ މި އިއްޒަތްތެރި މަޖްލީހުން ކުރަންޖެހޭ ކަމެއް." 

އަފީފު ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށާއި އެސަރަހައްދުން ބައެއް ދޫކޮށްލަން ވެއްޖެއްޔާ ކަން ކުރާނެ ގޮތް ވެސް ބަޔާންކޮށްފައިވާ ކަމަށް އަފީފު ފާހަގަކުރެއްވިއެވެ.

"މިހެން އޮއްވާ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ސިޔާދަތީ ބާރެއްގެ ދައުވާ ކުރުމުގެ ހައްގު އޮތް ކަމެއް ކީއްވެތޯ މޮރިޝަސް އަށް ދޫކޮށްލީ މިއީ އުފެދޭ ސުވާލަކީ. ކީއްވެތޯ ގާނޫނު އަސާސީއާއި ހިލާފަށް މިކަންތައް މި ކުރެއްވީ."

 އަފީފު ވިދާޅުވިއެވެ.

ނިންމާލަމުން އަފީފުވަނީ މީގެ ކުރިންވެސް ރައީސް ގާނޫނާ ހިލާފު ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް ފާހަގަކޮށް އޭގެ މިސާލެއްގެ ގޮތުގައި ކޮވިޑްގެ ދުވަސް ވަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ހާލަތްތައް ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް މިކަން ރައީސް ހެލްތް މިނިސްޓަރަށް ދޫކޮށްލެއްވި ކަން ނަންގަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.