މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ/ ފޮޓޯ: މަޖިލިސް
24 May 2023 | 19:16
މަޖިލީހުގެ ރައީސާއި ނައިބުރައީސް ތިއްބަވާ، ރިޔާސަތު އަފީފާއި ހަވާލުކުރުމުން މެމްބަރުން ރަތަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަޖިލީސް ކުރާ ގޭގެ ގޯތިތެރޭގައި ތިއްބެވުމަށްފަހު މަގުބޫލު އެއްވެސް އުޒުރެއް ހާމަނުކޮށް ރިޔާސަތު ބެލެހެއްޓުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއު ހަވާލުކުރުމުން އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށް، ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންދުރަށް މެދުކަނޑާލުމަށްފަހު ދެން އަލުން ފެށިއިރު ރިޔާސަތުގައި އިންނެވީ މެމްބަރު ހަސަން އަފީފެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ނުހުންނަވާ ހާލަތްތަކުގައި ރިޔާސަތު އަބަދުވެސް ބަލަހައްޓަވަމުން ގެންގޮސްފައިވަނީ މެމްބަރު އަފީފެވެ. 

އެހެން ނަމަވެސް މެންދުރުގެ ހުސްވަގުތުކޮޅަށް ފަހު މަޖިލީސް ފެށިއިރު ރިޔާސަތުގައި އަފީފު އިންނެވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަޖިލީސް ކުރާ ގޯތިތެރޭގައި ކުޑަދަށުގައި ވާހަކަދައްކަން ތިއްބެވުމަށްފަހު އަފީފާއި ރިޔާސަތު ހަވާލުކުރީ ގަވައިދާއި ޚިލާފަށްކަމަށެވެ. އަދި އެފަދައިން އެކަން ނުކުރެވޭނެކަމަށް ސަނީފު ވިދާޅުވި އެވެ. 

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު

"ގަވައިދުގައި ނޯވޭ އެއްވެސް ގޮތަކަށް މަޖިލީހުގެ ރައީސާއި ނައިބުރައީސް ކުޑަދަށުގައި ސައްލާކުރަން ތިބެފައި، އެ ދެބޭފުޅުން ބޭނުންވީމާ ހަމައެކަނި އަންގާލީމާ ސަބަބު ބަޔާން ނުކޮށްދީ ރިޔާސަތާއި ހަވާލުވާން މީހަކު ފޮނުވާފަ ރިޔާސަތުގެ ގޮނޑިއަށް އަރާކަށް. އެހެން އެރީމާ އެއީ މަޖިލީސް ގަވައިދު ހިނގަނީއެއް ނޫން. އެކަމަށް މަޖިލިސް ގަވައިދު ތަން ނުދޭ. މަނިކުފާނު ތި އިންނެވީ ރާމާމަކުނެއް ސައްކެޔޮގަހަށް އަރާ އިންނަހެން މިއަދު ތި ގޮނޑިއަށް އަރާ" 

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު

ސަނީފުގެ އެ ވާހަކަތައް ހުއްޓުވާލުމަށްފަހު އަފީފު ވަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތަށް މެމްބަރުގެ ވާހަކަތައް ބައްޓަންކުރެއްވުމަށް ނަސޭހަތްތެރިވެ ލައްވާފަ އެވެ. 

އަދި މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ތިއްބެވުމަށްފަހު އޭނާއާއި ރިޔާސަތު ބަލަހައްޓަން ހަވާލުކުރި ސަބަބު މެމްބަރުން މަޖިލީސް ރައީސް ނުވަތަ ނައިބު ރައީސް އަރިހުން އޮޅުންފިލުވުމަށްވެސް އަފީފު އެދިލެއްވި އެވެ. 

އަފީފުގެ ވާހަކަތަކަށްފަހު ވެސް ސަނީފު ވަނީ އަފޫފު ރިޔާސަތުގައި އިންނަވައިގެން މަޖިލީސް ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކުރައްވާފަ އެވެ. 

ސަނީފުގެ ވާހަކަތަކަށް ފަހު މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ އަފީފު ރިޔާސަތުގައި އިންނަވާ ސަބަބު މަޖިލީހަށް ސާފުކޮށްދިނުމަށް ގޮވާލައްވާފަ އެވެ. އަދި ސަބަބު ހާމަނުކޮށް އަފީފު މަޖިލީސް ރިޔާސަތުގައި އިންނަވަނީ ގަވައިދާއި ޚިލާފަށްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 

"މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ރިޔާސަތުގައި ނީންނަވާކަމަށް ވަންޏާ، ނީންނަވަން ޖެހެނީ ރަނގަޅު ޤަބޫލުކުރެވޭ އުޒުރަކާއި އެކީގައި. މަޖިލީހުގެ ކުޑަދޮށުގައި އަނގަތަޅަން ތިއްބަވާފައި، މިތަނަށް އެހެން ބޭފުޅަކު ރިޔާސަތަށް ފޮނުއްވީމަ އެވާހަކަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާނެ" 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

މަޖިލީހުގެ ރައީސާއި ނައިބުރައީސް މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބަވާ، ރިޔާސަތު ބެލެހެއްޓުން ވިލިފުށީ ދާއިރާގެ މެމްބަރު އަފީފާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. 

އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް މަޖިލީހުގައި އިހުތިޖާޖުވެސްކޮށްފަ އެވެ. އަދި ޖަލްސާ ހޫނުވެ، ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ވެސް ޖެހުނެވެ. 

އެހެން ނަމަވެސް، މިއަދުގެ ޖަލްސާ މެންދުރުގެ ދަންފަޅިއަށްފަހު ކުރިއަށް ގެންގޮސްފައިވަނީ އަފީފެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.