އިސްލާމިކް މިނިސްޓްރީ މަޖިލީހުގެ ކޮމެޓީއަށް ޖަވާބުދާރީ ވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Feb 2023 | 09:40
ސަލްމާނު މިސްކިތް ރަސްމީކޮށް ނުހުޅުވެނީ ސައުދީއިން ތާރީހެއް ނުލިބިގެން: ޑރ.ޒާހިރު

ކިންގް ސަލްމާނު މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީއިން ތާރީހެއް ނުދެއްވައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ވަނީ ކިންގް ސަލްމާނު މިސްކިތް ރަސްމީކޮށް ނުހުޅުވާ ސަބަބަކީ ކޮބައިތޯ މިނިސްޓަރު އަރިހުން އައްސަވާފަ އެވެ. އަދި ކިންގް ސަލްމާނު މިސްކިތުގައި ނުނިމި އެއްވެސް މަސައްކަތެއް ހުރިތޯ އައްސަވާ މެމްބަރު ސުވާލު ކުރެއްވި އެވެ. 

މެމްބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަލްމާނު މިސްކިތުގެ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ.

އެހެން ނަމަވެސް މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ އެކި ފަހަރު ކުރެވުނު މަޝްވަރާތަކަށްފަހުވެސް ސައުދީއިން ރަސްމީ ތާރީހެއް މިހާތަނަށް ލިބިފައި ނުވާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ސަލްމާނު މިސްކިތް ހުޅުވުމާ ގުޅޭގޮތުން ކޯވިޑް އައުމުގެ ކުރިން، ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހާއި މިނިސްޓްރީއާއި އެކީގައި މަޝްވަރާތަކެއް ކުރެވުނު އަދި އޭރު އޭގެ ދުވަސްކޮޅެއް ފަހުން  ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންވެސް ރާއްޖެ ވަޑައިގެން ހުޅުވުމާއި ގުޅޭގޮތުން އެބޭފުޅުން ވަނީ މަޝްވަރާކޮށް ހުޅުވުމަށްޓަކައި ވަރަށް ބޮޑު ތައްޔާރީތަކެއް ވެވިފަ އޮތީ. ދެން އެހާ ހިސާބުން އޭގެ ފަހުން ދުވަހެއް ކަނޑައަޅުއްވާ މިނިސްޓްރީއަށް، ރާއްޖެއަށް އަންގާނެކަމަށް އެބޭފުޅުން ވިދާޅުވީ، ޑޭޓެއް ލިބުނީމަ ދައުލަތަށް އަންގާނޭކަމަށް އެބޭފުޅުން ވިދާޅުވީ.. އޭގެ ފަހުންވެސް އަޅުގަނޑުމެން މަސައްކަތް ކުރިން.. އެކަމަކު އަދި އެއްވެސް ޑޭޓެއް ނުލިބޭ ކޮން އިރަކު ކަމެއް ހުޅުވޭނީ" 

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ 

ކިންގް ސަލްމާނު މިސްކިތަކީ ސަައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އަޅުއްވާދެއްވި މިސްކިތެކެވެ. މިއީ އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ތަނަވަސް މިސްކިތެކެވެ.

އޭގެއިތުރުން މި މިސްކިތުގައި ކުތުބު ހާނާއަކާއި ޤުރުއާނާބެހޭ މަރުކަޒަކާއި މަލްޓި ޕާޕާސް ހޯލެއްގެ އިތުރުން ޖަލްސާ ކުރާ މާލަމެއް ގާއިމް ކުރެވިފައި ހުރެއެވެ. 

އެ މިސްކިތް ނިމުނުތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ނުހުޅުވާ ދިގުލައިގެން ދިއުމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން ސަރުކާރުން ވަނީ އެ މިސްކިތް ވަގުތީގޮތުން ހުޅުވާ ބޭނުންކުރަން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.